ރާއްޖެ-ތުރުކީ ގުޅުމުގެ އާ ބާބެއް ވަނީ ފެށިފަައި، ރައީސްގެ ޝުކުރު

ރައީސް މުއިއްޒު ވަނީ ރާއްޖެއަށް އޮތް ހާއްސަ ގާތް ކަމަށްޓަކައި ރައީސް ރަޖަބް ތައްޔިބު އުރުދުގާނަށް ޝުކުރު ދަންނަވާފައެވެ.

ޑރ. މުހައްމަދު މުއިއްޒާއި ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާ ދެ ބޭފުޅުން ބައްދަލު ކުރައްވަނީ

ތުރުކީ ވިލާތަށް ކުރެއްވި ދަތުރުފުޅާއެކު ރާއްޖެ-ތުރުކީ ގުޅުމުގެ މުޅީން އާ ބާބެއް ފެށިފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ނަތީޖާ އެއްގެ ގޮތުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެ ގަައުމުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވި ކަން ހާމަ ކުރައްވާ މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ތުރުކީން ފުރާވަޑައިގަންނަވަނީ އިންތިހާއަށް ކާމިޔާބު ދަތުރުފުޅަކަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ދަތުރުފުޅާ އެކު ރާއްޖެ-ތުރުކީ ގުޅުމުގެ މުޅީން އައު ބާބެއް ފެށިފައިވާ ކަަމަށެވެ. ނަތީޖާއެެއްގެ ގޮތުން މިހާރަށް ވުރެ މާ ފުޅާ ދާއިރާއެއްގައި އެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖެއަށް އޮތް ހާއްސަ ގާތް ކަމަށްޓަކައި 
ރައީސް ރަޖަބް ތައްޔިބު އުރުދުގާނަށް ޝުކުރު ދަންނަވާފައެވެ.

ތުރުކުރީ ދަތުރުފުޅުގެ އެންމެ ހާއްސަ އެއް ކަމަކީ ރާއްޖޭގެ ގުޅުންތައް ހުރިހާ ދާއިރާއަކުން ބަދަހި ކުރުމުގެ މަގުޗާޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ރަޖަބް ތައްޔިބު އުރުދުގާން އެއްބަސްވެވަޑައިގަތުމެވެ. މި ތާރީހީ މަގުޗާޓުގެ އެއްބަސްވުން ދެ ބޭފުޅުންގެ މެދުގައި ފައްކާވީ ރައީސް މުއުއްޒު، ތުރުކީއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް އުރްދުގާނާ ބައްދަލު ކުރައްވައި ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަފުޅުތަކުގެ މޭޒުގަ އެވެ.

ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މަގުޗާޓަކަށް ދެ ލީޑަރުން އެއްބަސްވެވަޑައިގަތުމުގައި ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައި ލެއްވެވި އެވެ.

ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާއުން ތުރުކީ އާއި ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށް ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި ވަޒީރުން ދައްކާލަނީ

ދެ ލީޑަރުންގެ ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ފަރާތުން ވަނީ، "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ސޮއި ކުރައްވާފަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ. ތުރުކީން ސޮއި ކުރެއްވީ މިނިސްޓާ އޮފް ޓްރޭޑް ޕްރޮފެސަރު ޑރ. އޮމަ ބޮލަޓް އެވެ. ސޮއި ކުރުން އޮތީ ރައީސް މުއިއްޒާއި، ތުރުކީގެ ރައީސް އުރުދުގާންގެ ކުރިފުޅުމަތީގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.