ފްލެޓު މައްސަލަ އޭސީސީގަ ތާށިވެފަ، އަވަސް ކުރަން މަސައްކަތް ކުރަނީ

ފްލެޓު މައްސަލާގައި 7،000 ޝަކުވާ ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ. އޭސީސީއިން ވަނީ 20 ދުވަހުގެ ތެރޭގައި މި މައްސަލައިގެ ތަހުގީގުގެ ފުރަތަ ބައި ނިންމާނެ ކަމަށް ބުނެފަ އެވެ.

އެފްޑީސީ އިން ހުޅުމާލޭގައި އަޅަމުން ގެންދާ އަމާން އުދަރެސް ފްލެޓުތައް : މިއަދު ލިސްޓު ނެރުނީ މި ފްލެޓުތަކުގެ -- ޕީއެސްއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަޅަން ފެށި 4،000 ފްލެޓުތަށް ދިން މައްސަލާއާ ގުޅިގެން އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ފްލެޓުތަށް ތާށިވެފަވާތީ އެ މައްސަލަ އަވަސް ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ފްލެޓުގެ މައްސަލައާ ގުޅިގެން 7،000 އަށްވުރެ ގިނަ މައްސަލަ އޭސީސީ އަށް ހުށަހެޅުމާ ގުޅިގެން ފްލެޓު މައްސަލަ ހުއްޓުވާފައިވާ ކަމަށާ، އެހެންކަމުން އެކަން ހައްލު ކުރެވޭނީ އޭސީސީ އިން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

" އޭސީސީ އިން ހިންގަވާ އިންވެސްޓިގޭޝަން ނިމުނީމަ އެ ބޭފުޅުން އަންގަވާ ގޮތަކަށް އަޅުގަނޑުމެން އަމަލު ކުރާނަން. އަޅުގަނޑުމެންނަކަށް ނޭނގެ މިހާރު ޕޯޓަލުން ހުށަހެޅި މީހުންގެ ތެރޭން ޝަރުތު ހަމަވާ މީހަކަށް ބަދަލެއް އަތުވެދާނެ ކަމެއް ނޫން ކަމެއް. އަޅުގަނޑަކަށް ކަށަވަރު ކުރެވޭނީ އެގޮތަށް ދޫކޮަށްފަހުރި ފްލެޓުތަށް އެގޮތުގައި ދޫކުރާނެކަމާ މިހާރު ދޫކޮށްފަ ހުރި ބިންތަށް އެގޮތަށް ހުންނާނެކަން،" ހައިދަރު ވިދާޅުވި އެވެ.

ފްލެޓު މައްސަލަ 20 ދުވަހުން ނިންމާނެ ކަމަށް އެންގި

މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރު ވެރިކަމުގައި ތިބިއިރު އޭސީސީ އިން އަންގައިގެން ހުއްޓާލި ފްލެޓުތަކުގެ އިންވެސްޓިކޭޝަންގެ ފުރަތަމަ ބައި 20 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް އަންގާފައިވާތީ އެކަމަށް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް ދާނެ ހައިދަރު ވިދާޅުވި އެވެ. 

"އެހެން ނަމަވެސް ވިދާޅުވީ މިއީ ޖިނާއީ ތަހުގީގަކަށްވާތީ އެ ކޮމިޝަން [އޭސީސީ] ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ދީފައިވާ އެކްސެސް ވަގުތީ ގޮތުން ކަނޑާލަންވާނެ ކަމަށް. އެހެންވީމަ ޖިނާއީ ތަހުގީގު ނަގާނަމަ ލަސްވާނެ. އެހެންވެ އެކަން އަޅުގަނޑުމެން އޮޅުން ފިލުވާނަން،" ހައިދަރު ވިދާޅުވި އެވެ. 

ކޮމެޓީގައި މެންބަރަކު ވަނީ 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގެ މައްޗަށް ބަލައި އޭސީސީއަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް ވިދާޅުވެފަ އެވެ. 

މި ސުވާލަށް މިނިސްޓަރުގެ ޖަވާބު؛ 

"ޖިނާއީ ތަހުގީގެއް [އޭސީސީ] އަށް ހިންގޭނެކަން ނުވަތަ ނޫންކަން ޖެހޭނީ ސާފު ކުރަން. އެސީސީއިން އޮތީ ސިޓީއެއް ފޮނުވާފަ. އަޅުގަނޑުމެނެއް ނޫން ހުއްޓާލީ. ކުރީ ސަރުކާރުން ނިންމި ނިންމުމަކަށް އިހުތިރާމް ކުރަނީ،" ހައިދަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އޭސީސީ އިން ފްލެޓު މައްސަލަ ހުއްޓާފައި އޮތުމުން ސަރުކާރުގެ އަތް މިކަމުގައި ބަނދެވިފައިވާ ކަމަށާ، އެ ލިސްޓަށް އެކްސެސް ވުމުން ބައެއް މައުލޫމާތު ހާމަކުރެވިދާނެ ކަމަށެވެ. 

"އެއީ ބޭނުންތެރިކަމެއް [ޒާތީ މައުލޫމާތު ނުހިމަނައި ބައެއް މައުލޫމާތު އާއްމު] ކުރެވިދާނެ. އެއީ ބޭނުންތެރިކަމަކަށްވާނަމަ. މެންބަރުން ވާހަކަ ދައްކަވާނީ ބޭނުންތެރިކަމަށްވާތީ،" ހައިދަރު ވިދާޅުވި އެވެ. 

ފްލެޓު މައްސަލަ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ލޯނު ނަގައިގެން ދެ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުގެ ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން 4،000 ފްލެޓެވެ. މި ލިސްޓުން 13،000 މީހުން ޝޯޓް ލިސްޓުކޮށް މީގެތެރޭން ޕޮއިޓްދޭ އުސޫލުން ފްލެޓު ލިބޭނެ މީހުން ކަނޑައެޅީ ވެރިކަން ނިމި އިންތިހާބުވެސް ނިމުނު ފަހުންނެވެ. ފްލެޓު ލިބުނު މީހުންގެ ލިސްޓު އާއްމު ކުރިއިރު ފްލެޓު ހައްގުވާ އެތަށް ބަޔަކު ވަނީ އެ ލިސްޓުން އުނިކޮށްފަ އެވެ. އެހެންވެ 7،000 އަށްވުރެ ގިނަ ޝަކުވާ ވަނީ އޭސީސީ އަށް ލާފަ އެވެ.

ކޮމެންޓް

1
450
މަރީ
1 year ago

ދެންޏާ އަވަހަށް ދީ ނިންމާލަދީ . މިހާރު ތިކަން ބޮލު ރިހުމަކަށްވެއްޖެ. ކިތަންމެ ގިނަ ޕޮއިންޓް ލިބިފަ ހުއްޓަސް ފްލެޓަށް ވަދެވުނީމަ ނޫނީ ލިބުންކަމަކަށް ގަބޫލު ނުކުރެވެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.