މެއިން ފޯކަސް | ރާއްޖެ ދަރަނި ދަންތުރާގައި، އުނދަގޫ އޮތީ އާ ސަރުކާރަށް

ރާއްޖޭގައި މިހާރު ހުރި ދަރަނި ސަރުކާރު ކުންފުނިތަކުގެ ދަރަނި އެއްކޮށް ބަލާނަމަ 130 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މިހާރު އަލަށް އުފަންވާ ކުއްޖާގެ ބޮލަށްވެސް 200،000ރ. ގެ ދަރަންޏެއް އޮވެ އެވެ.

ގައުމުގައި ދަރަނި އޮތުމަކީ އިގްތިސޯދީ ބައެއް މާހިރުންގެ ނަޒަރުގައި މައްސަލައެއް ނޫނެވެ؛ އެކަމަކު އެކަން ކުރަން ޖެހެނީ އެ ދެއްކޭނެ ކެޕޭސިޓީ ގައުމުގައި އުފައްދައިގެނެވެ. ދަރަނި ނަގާނަމަ އެ މެނޭޖް ކުރެވޭނެކަމުގެ ޔަގީންކަން އޮންނަން ޖެހެ އެވެ. އެކަމަކުގެ ވާހަކަަތައް ރައްޔިތުންނަށް ކިޔައިދޭން ޖެހެ އެވެ. އެކަމަކު ރާއްޖޭގެ މިކަން އޮތީ މިގޮތަކަށް ނޫނެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ދަރަނި މައިތިރި ކުރަން ގޮވަމުން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ނަތީޖާއަކީ ދަރަނީގެލަގަން ކަނޑައިގެން ދިއުމެވެ. އެއް ގައުމަކަށް ގިނައިން ދަރަނި ނެގުމުގެ ނަތީޖާއަކީ "ދަރަރި ދަންތުރަ" އިގައި ޖައްސަން ޖާގަ ދެވިގެން ދިއުމެވެ. 

މިހާރު ރާއްޖޭގެ ދަރަނި ރާއްޖޭން އެއް ގައުމަކަށް ދަރާފައި އޮތްވަރު އެނގެނީ ރިޕޯޓްތައް ހާވާލުމުންނެވެ. މި ސަރުކާރުން ދަރަނި ނެގީ އިންޑިއާ އިންނެވެ. ކުރީގެ ސަރުކާރުން ޗައިނާއިންނެވެ. ނަތީޖާއަކީ ދަރަނި ނަގަމުން ގޮސް ފައްޓަރުބައި ނީލަން ކިޔާ ހިސާބަށް ގައުމުގެ ހާލަތު މިވަނީ ވެއްޓިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.