ފްލެޓު ލިބުނު މީހުން އެނގިއްޖެ، ލިބުނީ 76-73 ޕޮއިންޓުން މައްޗަށް

މި ފްލެޓުތަކުގެ ތެރޭން ދެ ކޮޓަރީގެ ފްލެޓު ދިނީ 73 ޕޮއިންޓުން މަތީ މީހުންނަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓު ލިބުނީ 76 ޕޮއިންޓުން މަތިން ލިބުނު ފަރާތްތަކަށެވެ.

ފަހި ދިރިއުޅުން ކުންފުނިން އަޅާ އަމާން އުދަރެސް ފްލެޓުތަށް

މި ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފި އެވެ. 

މި ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގައި ހިމެނޭ ގޮތަށް ހުޅުމާލޭގައި ފަހި ދިރިއުޅުން ކުންފުނިން އަޅާ "އަމާން އުދަރެސް" ފްލެޓަށް ކުރިމަތިލާން އިއުލާނު ކުރުމުން 13،000 މީހުންނަށް ފްލެޓު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ފްލެޓަށް 20،000 މީހުން ކުރިމަތިލިއިރު މީގެތެރޭން ފްލެޓު ލިބޭނެ ކަމަށް 13،000 އަށްވުރެ ގިނަ މީހުން ނެގިއިރު އަޅަމުން ގެންދިޔައީ 4،000 ފްލެޓެވެ. މި ފްލެޓުގެ ތެރޭން މި އަހަރު ނިމޭނީ ހަތަރު އިމާރާތެކެވެ. 

ހައުސިން / ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފަ އެވެ.

އެ މިނިސްޓްރީން ގެޒެޓުގައި ޖެހި އިއުލާނެއްގައިވާ ގޮތުން މި ފްލެޓުތަކުގެ ތެރޭގައި ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތް ތަކެވެ.

އެ މިނިސްޓްރީން ބުނީ 4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތުލުން އޮންނާނެ އެވެ. ގުރުއަތުލާން އަންނަން ޖެހޭ ގަޑި އަންގާނީ ޕޯޓަލް މެދުވެރިކޮށް އެމީހަކަށް ވަކިންނެވެ.

ޝަރުތު ހަމަވާ މީހުންނަށް ލިބޭކަމުގެ ލިޔުން ޕޯޓަލުން ދޭނެ

ހައުސިން މިނިސްޓްރީން ބުނީ މި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުންކުރި އަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ. އދި ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް އެއް ފްލެޓެވެ. ނުވަތަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެ މަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް އެއް ފްލެޓެކެވެ.

އަޅަމުންދާ ފްލެޓްތައް - ސަރުކާރު ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން އިންޑިއާގެ ދެ ކުންފުންޏަކުން ހުޅުމާލޭގައި ޖުމްލަ 4،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންނެވެ. އަދި ދާދިފަހުން ސަރުކާރުން ވަނީ އިތުރު އިންޑިއާ ކުންފުންޏަކަށް 4،000 ފްލެޓް އަޅަން ދީފަ އެވެ. މި މަޝްރޫއުގެ އަގަކީ 2.65 ބިލިއަން ރުފިޔާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަަތަމަ ފިޔަވަހީގައި އަޅާނީ 2،000 ހައުސިން ޔުނިޓެވެ. އެއީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓެވެ. މަސައްކަތް ނިންމަން ޖެހެނީ 37 މަސް ދުވަހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.