ފްލެޓް ލިބުނު ލިސްޓް | ލިބުނުކަން ނުވަތަ ނުލިބޭކަން އެނގޭނީ ޕޯޓަލުން

ސަރުކާރު ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން އިންޑިއާގެ ދެ ކުންފުންޏަކުން ހުޅުމާލޭގައި ޖުމްލަ 4،000 ފްލެޓެވެ.

އެފްޑީސީ އިން ހުޅުމާލޭގައި އަޅަމުން ގެންދާ އަމާން އުދަރެސް ފްލެޓުތައް : މިއަދު ލިސްޓު ނެރުނީ މި ފްލެޓުތަކުގެ -- ޕީއެސްއެމް

ފްލެޓް ލިބުނު މީހުންގެ ލިސްޓު ގެޒެޓެއް ނުކުރެ، އެ މައުލޫމާތު ފޮނުވީ އެމީހެއްގެ ޕޯޓަލަށެވެ. 

ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިތިބި ގިނަ ބައެއް އުންމީދު ކުރަމުން ދިޔަ މި ސަރުކާރުގެ ފުރަތަމަ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި އެވެ، ފްލެޓް ލިބުނުކަން ނުވަތަ ނުލިބޭކަން އެނގޭނީ އެ މީހެއްގެ ގެދޮރު ޕޯޓަލުންނެވެ. 

ހައުސިން ޕްލޭނިން މިނިސްޓްރީން ވަނީ ސަރުކާރުގެ ގެޒެޓުގައި "އަމާން އުދަރެސް" ފްލެޓް ލިސްޓުގައި ފުރަތަމަ ނެރުނުއިރު ދެ ކޮޓަރީގެ ލިސްޓުގައި 6208 މީހުންގެ ނަން ހިމަނާފައިވެ އެވެ. އަދި ތިން ކޮޓަރީގެ ލިސްޓުގައި 14489 މީހެއްގެ ނަން އޮތެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މި މިނިސްޓްރީން އިއުލާންކުރި ވަގުތީ ލިސްޓްގައިވާ ޝަރުތު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ހުށަހެޅުއްވި ޝަކުވާތައް މި މިނިސްޓްރީން ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބޭކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ޝަރުތު ހަމަނުވާ ފަރާތްތަކަށް ވެސް ޝަރުތު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ވާނީ ޖަވާބު ދެވިފަ އެވެ. ވުމާއިއެކު، ޝަރުތު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ކުރިޔަށްއޮތް ހަފުތާއެއްގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. 

މާލޭގެ ބޯހިޔާވަހި ކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅި އެވެ. ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅި އެވެ. މީގެ ކުރިން ސަރުކާރުން ވަނީ ގޯތި ލިބޭ މީހުންގެ ލިސްޓު ނެރެފަ އެވެ. 

އަޅަމުންދާ ފްލެޓްތައް - ސަރުކާރު ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން އިންޑިއާގެ ދެ ކުންފުންޏަކުން ހުޅުމާލޭގައި ޖުމްލަ 4،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންނެވެ. އަދި ދާދިފަހުން ސަރުކާރުން ވަނީ އިތުރު އިންޑިއާ ކުންފުންޏަކަށް 4،000 ފްލެޓް އަޅަން ދީފަ އެވެ. މި މަޝްރޫއުގެ އަގަކީ 2.65 ބިލިއަން ރުފިޔާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަަތަމަ ފިޔަވަހީގައި އަޅާނީ 2،000 ހައުސިން ޔުނިޓެވެ. އެއީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓެވެ. މަސައްކަތް ނިންމަން ޖެހެނީ 37 މަސް ދުވަހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.