ލަގްޒަރީ އެއާލައިން ބިއޯންޑްގެ ދަތުރުތައް އަންނަ މަހު ފަށަނީ

މި އެއާލައިން ޓިކެޓުގެ އަގު ފެށެނީ 2،000 ޑޮލަރުންނެވެ. މިއީ މިގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އެއާލައިނެވެ.

ލަގްޒަރީ އެއާލައިން ބިއޯންޑްގެ އިސްވެރިން އެއާލައިން ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ގޮތުގައި އިސްތިހާރު ކުރަމުން ގެންދާ ބިއޯންޑްގެ ދަތުރުތައް ލޯންޗްކޮށް އަންނަ މަހު ފަށަން ނިންމައިފި އެވެ. 

ރާއްޖޭގައި ބޭސް ވެގެން ހިދުމަތްދޭ ރާއްޖޭގެ ސިމްޑީ ކުންފުނީގެ ވިޔަފާރިއެއްގެ ގޮތުގައި ފަށާ ބިއޯންޑްގެ ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ބޯޓު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. މިކަން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން އެމްއެސީއެލްގެ ވެރިންވެސް ބައިވެރިވެޑައިގަތެވެ. 

މި އެއާލައިންއަކީ ބިޒްނަސް ކްލާސް ސްޓޭންޑަކަށް ފުރިހަމައަށް ހަދާފައިވާ 44 ސީޓުގެ ބިޒްނަސް ޝީޓް ހިމެނޭ އެއާލައިން އެވެ. މި އެއާލައިންއަކީ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ގޮތުގައި ބުނަނީ މި އެއާލައިންގެ ފުލް ޝީޓް ބިޒްނަސް ކްލާސް ސްޓޭންޑަކަށް ހަދާފައިވުމުންނެވެ. 

އެއާލައިންގެ ސިފަތަކާއި އަގުތައް

  •  ބޯޓުގައި 44 ސީޓުގެ ބިޒްނަސް ކްލާސް
  •  އާއްމު ޓިކެޓު އަގު ފެށެނީ 2،000 ޑޮލަރުން
  •  ޔޫރަޕުގެ އަގުތައް ފެށެނީ 3800 ޔޫރޯ އިން

ސިމްޑީން "ބިއޯންޑް" ފެށުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބިއޯންޑް ސިމްޑީ އިންވެސްޓްމަންޓުގެ އިސްވެރިޔާ ނުވަތަ މެނޭޖިން ޑިރެކްޓަރަކަށް އިންނަވަނީ ސިމްޑީ ޑީޑީގެ ދަރިކަލުން، މިޝާލް އިބްރާހިމް ދީދީ އެވެ. ދެން ތިއްބަވަނީ ބީއެމްއެލްގެ ޗެއާމަން ޔޫޝައު ސައީދު އާއި މި އެއާލައިންގެ ސީއީއޯ ޓީރޯ ޓަސްކިލާ އަދި ސިމްޑީ، ޑީޑީގެ ދަރިކަނބަލުން އިބްތިސާމް އިބްރާހިމް މުހައްމަދު ދީދީ އާއި އިތުރު ބޭރު މީހެކެވެ.

ސިމްޑީ އިން ފަށާ އެއާލައިންގެ އެހެން މައުލޫމާތުސިމްޑީގެ ލަގްޒަރީ އެއާލައިން ބިއޯންޑް: ލަގްޒަރީގެ އެންމެ އުސް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.