ސިމްޑީގެ ލަގްޒަރީ އެއާލައިން ބިއޯންޑް: ލަގްޒަރީގެ އެންމެ އުސް

ބިއޯންޑްގައި ޖުމްލަ 68 ޝީޓް ހުރެ އެވެ. އެއާލައިން ބޭސްވެގެން އޮންނަނީ ރާއްޖޭގަ އެވެ. މި އެއާލައިންގެ ދަތުރުތަކަށް ބޭނުން ކުރާ ހާއްސަ އިންޓީރިއާއެއް ހިމަނާފައިވާ ބޯޓުގައި ހާއްސަ ކެއުންތައް ލިބޭ މިޝެލިން ސްޓާ މެނޫއެއް ވެސް އޮންނާނެ އެވެ.

ބިއޯންޑް އެއާލައިން ބޯޓުގެ ކުރެހުމެއް: ވަރަށް އަވަހަށް ދަތުރު ފަށަން ދަނީ ތައްޔާރު ވަމުން

ރާއްޖޭގެ ސިމްޑީ ކުންފުނިން ޔޫއޭއީގައި ރަޖިސްޓްރީ ކޮށްފައިވާ އެއާލައިން "ބިއޯންޑް" ގެ މަތިންދާ ބޯޓު ދައްކާލައި، ދަތުރު ކުރާ މަންޒިލް އާއްމު ކޮށްފި އެވެ. މި ބޯޓު ފަރުމާ ކޮށްފައި ވަނީ ލަގްޒަރީ އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ދަތުރު ކޮށްލެވޭނެ ގޮތަށެވެ.

"ބިއޯންޑް" ފެށުމުގެ ގޮތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިމްޑީ ކުންފުނީގެ ބޮޑު ހިއްސާއަކާއެކު ޔޫއޭއީގައި ރަޖިސްޓްރީ ކޮށްފައިވާ މި އެއާލައިން އިން ދަނީ ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރަމުންނެވެ. މިހާތަނަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި އެ އެއާލައިންގެ އިސް ބޭފުޅުންނާއި ބިއޯންޑް ސިމްޑީ އޮޕަރޭޝަންސްގެ ސީއީއޯ ޓީރޯ ޓަސްކިލާ ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެ ކުންފުނިން ބުނެފައި ވަނީ މި އެއާލައިންގެ ސަބަބުން އެންމެ މަދު ވެގެން 100 އެއްހާ ވަޒީފާ އުފެދިގެން އަންނާނެ ކަމަށެވެ.

68 ޝީޓުގެ ހިތްގައިމު ކެބިންއެއް

ބިއޯންޑްގެ ގޮނޑިތައް: މި ބޯޓަކީ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޯޓެއް -- ބިއޯންޑްގެ ފޮޓޯއެއް

ފްލައި ބިއޯންޑްގެ ނަމުގައި އާއްމުކޮށްފައިވާ އެ އެއާލައިންގެ ވެބްސައިޓުގައިވާ ގޮތުން މި އެއާލައިނުން ދަތުރުތަކުގައި ބޭނުން ކުރާނީ ބޯއިން މަރުކާގެ އޭސީ321 ނިއާ، މަތިންދާ ބޯޓުތަކެވެ. މިއީ 68 ފަސިންޖަރުންގެ ޖާގައިގެ މަތިންދާ ބޯޓެވެ. މި ބޯޓުގެ ޝީޓްތައް ހުންނަނީ މަތީ ފަންތީގެ ޓޫރިސްޓުން ދަތުރު ކުރާ ޕްރައިވެޓް ޖެޓުތަކަށް އެއް ގޮތަށެވެ. މި ދަތުރުތަކަށް ހާއްސަ އިންޓީރިއާއެއް ހިމަނާފައިވާ މި ބޯޓުގައި ހާއްސަ ކެއުންތައް ލިބޭ މިޝެލިން ސްޓާ މެނޫއެއް އޮންނާނެ އެވެ. އެ މެނޫގައި ހުންނަ ކާއެއްޗިހި ދަތުރު ކުރާ ފަސިންޖަރުންނަށް އިހުތިޔާރު ކުރުމުގެ ފުރުސަތު ދޭނެ އެވެ.

މި ފްލައިޓުން ދަތުރުކުރާ މީހުންނަށް ގޭގައި ހުރެގެން ބެގޭޖް ޗެކިންގެ ހިދުމަތާއި އެއާޕޯޓަށް ދާން ހާއްސަ ވެހިކަލްއެއް ވެސް ހަމަޖައްސައިދޭނެ އެވެ.

ދަތުރު ކުރާނެ މަންޒިލްތައް

  •  ސިންގަޕޫރު
  •  ހޮކޮންގް
  •  ޓައިޕޭ
  •  ދުބާއީ
  •  ރިޔާދު
  •  ވިއެނާ
  •  މިލާން
  •  ޒިރުރިކް
  •  ޕެރިން

ސިމްޑީން "ބިއޯންޑް" ފެށުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބިއޯންޑް ސިމްޑީ އިންވެސްޓްމަންޓުގެ އިސްވެރިޔާ ނުވަތަ މެނޭޖިން ޑިރެކްޓަރަކަށް އިންނަވަނީ ސިމްޑީ ޑީޑީގެ ދަރިކަލުން، މިޝާލް އިބްރާހިމް ދީދީ އެވެ. ދެން ތިއްބަވަނީ ބީއެމްއެލްގެ ޗެއާމަން ޔޫޝައު ސައީދު އާއި މި އެއާލައިންގެ ސީއީއޯ ޓީރޯ ޓަސްކިލާ އަދި ސިމްޑީ، ޑީޑީގެ ދަރިކަނބަލުން އިބްތިސާމް އިބްރާހިމް މުހައްމަދު ދީދީ އާއި އިތުރު ބޭރު މީހެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.