ޑިމޮކްރެޓުންގެ އާ ކެމްޕޭން: އެމްޑީޕީއަށް މަޖިލީސް 20 ރޫޅާލުން

"މަޖިލީސް 2024 ވެސް ރޫޅާލާނަން" ނަމުގައި ޕޯސްޓަރު ތައްޔާރުކޮށް ނަޝީދުގެ ފޮޓޯ ހިމަނައިގެން އެ ކެމްޕެއިން ދަނީ ފުޅާ ކުރަމުންނެވެ. ޑިމޮކްރެޓްސްގެ އެންމެ ހަރަކާތްތެރި މެންބަރުން ވެސް އެ ޕޯސްޓަރުތައް ހިމަނައިގެން ޕޯސްޓްތައް ދަނީ ކުރަމުންނެވެ.

ޑިމޮކްރެޓްސްގެ ސަޕޯޓަރުން މިހާރު ދަނީ "މަޖިލީސް 2024 ވެސް ރޫޅާލާނަން" ނަމުގައި އާ ކެމްޕެއިނެއް ފުޅާ ކުރަމުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އެމްޑީޕީ ފެއިލް ކޮށްލުމަށް ދަ ޑިމޮކްރެޓްސްގެ ސަޕޯޓަރުން ކެމްޕެއިނެއް ފަށައި ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބަދަހިކޮށް / ވަރުގަދަކޮށް އޮތް އެމްޑީޕީ ބައިބައިވެ އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން ވަނީ ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރު ގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖުލައި 13 އިގައި މާލޭގެ އާޓިފިޝަލް ބީޗުގައި އޮތް ޑިމޮކްރެޓްސްގެ ރަސްމީ ފުރަތަމަ ޖަލްސާ ގައި އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު ޑިމޮކްރެޓްސްގެ ނޫ ޓައީ އަޅުއްވައިގެން ހުންނަވާ ޖޯޝުގައި ނަޝީދު ވިދާޅުވީ މިފަދައިންނެވެ؛

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެމްޑީޕީ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން!"

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ވާދަކުރިއިރު އެ ޕާޓީގެ މައިގަނޑު ޝިއާރަކީ އެމްޑީޕީ ރޫޅާލުމެވެ. އިންތިހާބުން އެ ޕާޓީ ބަލި ކޮށްލުމެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ޑިމޮކްރެޓްސް ހޯދި 15،000 ވުރެ ގިނަ ވޯޓް ވެގެން ދިޔައީ ދެވަނަ ބުރަށް ވަޑަައިގެން ދެ ކެންޑިޑޭޓުން ވެސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވަރަށް މުހިންމު ވޯޓްތަކަކަށެވެ. ޑިމޮކްރެޓްސްގެ ރަސްމީ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުން ނަމަވެސް ލީޑާޝިޕާއި އާންމު މެންބަރުން ފާޅުގައި ވަނީ މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަ ކޮށްފަ އެވެ. އަދި ރައީސް ސޯލިހްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ގެއަށް ވަންނާނީ ރައީސް ސޯލިހް ބަލިކޮށް އެމްޑީޕީ ރޫޅާލުމަށް ފަހުގައި ކަމަށް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އިންތިހާބުގައި ޑިމޮކްރެޓްސްގެ މެންބަރުންގެ ތާއީދާއެކު ރައީސް ސޯލިހްގެ މައްޗަށް މުއިއްޒު ވަނީ ކުރި ހޯއްދަވާފަ އެވެ.

އެއާއެކު އެމްޑީޕީ ރޫޅާލުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކުރެވުނީ ކަމުގައި ޑިމޮކްރެޓުން ދެކެއެވެ.

ޑިމޮކްރެޓްސްގެ ސަޕޯޓަރުން މިހާރު ދަނީ "މަޖިލީސް 2024 ވެސް ރޫޅާލާނަން" ނަމުގައި އާ ކެމްޕެއިނެއް ފުޅާ ކުރަމުން

އޭގެ ފަހުން އެމްޑީޕީގެ ލީޑާޝިޕުން ވަނީ ޑިމޮކްރެޓުންގެ ބަރުލަމާނީ ހުށައެޅުމާއި ފާޅުގައި ދެކޮޅު ހަދާކަން ހާމަ ކުރަން ގައުމީ މަޖިލީސް އެއްކޮށްފަ އެވެ. ގައުމީ މަޖިލީހުގައި "ނަޝީދު ނޫން ގޮތެއް" ހޯދަން ހުރިހާ މެންބަރުންހެން ފާޅުގައި ގޮވާލެއްވި އެވެ.

އެ ބައްދަލްވުން ވެގެން ދިޔައީ "މުޅި އެމްޑީޕީން ނަޝީދަށް ބަވާ ކުޑަކޮށްލި ތާރީހެއް" ގެ ގޮތުގަ އެވެ. އެއާއެކު ދެ ޕާޓީގެ ވާދަވެރި ކަމާއި ދެކޮޅު ވެރިކަން އެހެން ހަރުފަތަކަށް ވަނީ ގޮސްފަ އެވެ.

ކުރިއަށް އޮތް އެންމެ މުހިންމު އިންތިހާބަކީ "މަޖިލީސް 2024" ނުވަތަ "މަޖިލީސް 20" އެވެ. އިންތިހާބުގެ ތާރީހަކަށް އޮތީ މާޗް މަހުގެ ދުވަހެކެވެ. ޑިމޮކްރެޓްސްގެ ސަޕޯޓަރުން މިހާރު ވަނީ މަޖިލީސް އިންތިހާބުން އެމްޑީޕީ ފެއިލް ކޮށްލުމުގެ ކެމްޕެއިނެއް ފަށާފައެވެ. 

"މަޖިލީސް 2024 ވެސް ރޫޅާލާނަން" ނަމުގައި ޕޯސްޓަރު ތައްޔާރުކޮށް ނަޝީދުގެ ފޮޓޯ ހިމަނައިގެން އެ ކެމްޕެއިން ދަނީ ފުޅާ ކުރަމުންނެވެ. ޑިމޮކްރެޓްސްގެ އެންމެ ހަރަކާތްތެރި މެންބަރުން ވެސް އެ ޕޯސްޓަރުތައް ހިމަނައިގެން ޕޯސްޓްތައް ދަނީ ކުރަމުންނެވެ. މިއީ ސީދާ ޑިމޮކްރެޓްސްގެ ރަސްމީ އެންޑޯޒްމަންޓް އޮތް ކެމްޕެއިނެއް ނޫނަސް ކެމްޕެއިން ފުޅާވެ ރަސްމީވުން ގާތެވެ.

މިހާރު ފެންނަ މަންޒަރުތަކުން ޑިމޮކްރެޓްސްއާ އެމްޑީޕީގެ ގުޅުން އިތުރަށް ދާނީ ހީނަރުވަމުންނެވެ. ދެ ޕާޓީން ވަކީން މަޖިލީހުގެ ގިނަ ގޮޑިތަކަށް ވާދަކޮށްފިނަމަ ވާދަވެރި ކެންޑިޑޭޓުންނަށް ފުރުސަތު ފަހިވާނެ އެވެ. އެ ފުރުސަތު ފަހި ކޮށްގެން ނަމަވެސް އެމްޑީޕީ ރޫޅާލުމުގެ އަޒުމު ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.