"އަންނިގެ ވައުދު: އެމްޑީޕީ ރޫޅާލާނަން"

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެމްޑީޕީ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ޑިމޮކްރެޓްސްގެ ނޫ ޓައީ އަޅުއްވައިގެން ހުންނަވާ ވަރަށް ޖޯޝުގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރައްވަނީ -- މިހާރުގެ ފޮޓޯއެއް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލައްވާނެ ކަމަށް ކުރީގެ ރައީސް / އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) މިރޭ ވައުދުވެވަޑައިގެންފި އެވެ.

ނަޝީދު އެކަމަށް ވައުދުވެވަޑައިގެންނެވީ އެމަނިކުފާނު "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމަށް މިރޭ އާޓިފިޝަލް ބީޗުގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގައި ތިބި އެ ޕާޓީގެ މެންބަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ފުރަތަމަ ވެސް ވިދާޅުވީ "އެމްޑީޕީ އެ ދަނީ ރޫޅެމުން" ކަމަށެވެ. ވިދާޅުވީ އެމްޑީޕީ އުފެއްދެވީ ފިކުރެއް ދިރުވަން ކަމަށާ ނަމަވެސް އެމްޑީޕީ ދަތުރުކުރާ މިސްރާބު ކަސިޔާރުވުމުން ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ކަމަށެވެ. އެމްޑީޕީ ދޫކޮށްލައްވަން ވަރަށް އުނދަގޫވި ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ތަކުރާރު ކުރައްވާ ވިދާޅުވީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށެވެ. ހަ ފަހަރު އެ ބަސްފުޅު ތަކުރާރު ކުރެއްވި އެވެ. އެމްޑީޕީއަކީ ކެޔޮގަނޑެއްގެ ގޮތުގައި ސިފަ ކުރައްވާ ވިދާޅުވީ ކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެމްޑީޕީ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ޑިމޮކްރެޓްސްގެ ނޫ ޓައީ އަޅުއްވައިގެން ހުންނަވާ ވަރަށް ޖޯޝުގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ނަޝީދު ވިދާޅުވި

އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް. ތި ޕާޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތިޔަ ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. ތިޔަ ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން

ރައީސް މުހައްމަދު ނަޝީދު | ޖުލައި 13، 2023

ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. 2003 ވަނަ އަހަރު އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ލަންކާގައި ފެއްޓެވިއިރު އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުން ވަރަށް ބޮޑެވެ. އެމްޑީޕީގެ ހަޔާތުން ފާއިތުވެދިޔަ 18 ވަރަކަށް އަހަރު އެ ޕާޓީގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ނަޝީދެވެ.

އެ ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނެވެ. އެ ޕާޓީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެން ފުރަތަމަ ބޭފުޅަކީ ވެސް އެއީ އެވެ.

ނަޝީދުގެ މަގުބޫލުކަން ޕާޓީގެ ތެރޭގައި ކުޑަވާން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތް ފަހުންނެވެ. އެމްޑީޕީގެ ބޮޑު ތާއީދެއް މިހާރު ރައީސް ސޯލިހަށް އެބަ އޮތެވެ. ނަަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މީގެ 21 ދުވަސް ކުރީން ޖޫން 22 ގައެވެ.

ކުރީން ވިދާޅުވީ އެމްޑީޕީ އަލުން ހޯއްދަވާނެ ކަމަށް -- އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ކުރީން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިނުގެން މަޑުކުރައްވަނީ އެ ޕާޓީ އަލުން އަތުލެއްވުމަށް ކަމަށެވެ.

ޑިމޮކްރެޓްސް ޕާޓީއަށް ވަޑައިނުގެން، އެމްޑީޕީގައި މަޑުކުރައްވަނީ ރިޔާސީ އިންތިހާބުގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ބާރު އެމްޑީޕީގައި ނުހިނގާނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް އެ ދުވަހު ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެމްޑީޕީ ދޫކޮށްލުމާއި ނުކޮށްލުން ބިނާވެފައި އޮތީ، އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ސެޕްޓެމްބަރު ނުވައެއް [ރިޔާސީ އިންތިހާބު]ގެ ފަހުން އެމްޑީޕީ ރައީސުލްޖުމްހޫރިއްޔާގެ ކަސްތޮޅަކު ނޯންނާނެ"

"އަޅުގަނޑު މިތާ [އެމްޑީޕީގައި] މިހުރީ. މަޑުކޮށްގެން ހުރެ ހަމަ މި ޕާޓީއާއެކީގައި، ޑިމޮކުރެޓުންނާ އެކީގައި ކަންކަން ނިންމަމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި ދާނަން،" ނަޝީދު އެ ދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

1
450
އައިމިނަ
9 months ago

ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން! ދެނެއް ރައްޔިތުންގެ މަޖްލީހުގެ ރައީސްކަން ކީއްކުރަން އެތަނުން ގޮނޑިގަޑެއްވެސް ނުލިބޭނެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.