ކޮމަންވެލްތުގެ ޓޫރިޒަމާއި ޓްރޭޑަށް ހާއްސަ ފޯރަމްގައި ޖަނާ

މި ބައްދަލުވުމުގައި ގައުމުތަކުގެ ވަޒީރުންނާއި ކޮމަންވެލްތް ގައުމުތަކުގެ ވިޔަފާރިއާއި ޓޫރިޒަމް ދާއިރާގެ އެކްސްްޕާޓުން ބައިވެރިވަޑައިގެންނެވި އެވެ.

ޑާކާގައި އޮތް ޕެނަލް ޑިސްކަޝަންގައި ޖަނާ ބައިވެރިވެވަޑައިގަންނަވަނީ

ކޮމަންވެލްތު ޖަމިއްޔާއިން ބާއްވާ ކޮމަންވެލްތް އިންވެސްޓްމަންޓް ފޯރަމްގެ ޓޫރިޒަމާއި ވިޔަފާރިއަށް ހާއްސަ ފޯރަމްގެ ޕެނަލިސްޓެއްގެ ގޮތުގައި ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު ބައިވެރިވަޑައިގެންފި އެވެ. 

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮތް މި މި ފޯރަމް ބާއްވާފައި ވަނީ ބަންގްލަދޭޝަން އިންވެސްޓްމަންޓް ޑިވްލޮޕްމަންޓް އޮތޯރިޓީ (ބައިޑާ) އިންނެވެ. 

މީހުންގެ ގުޅުމާއި ޓޫރިޒަމް އަދި ވިޔަފާރިއަށް އަލިއަޅުވާލި މި ފޯރަމް ހުށަހަޅައިދީފައި ވަނީ  ބީބީސީގެ ގިނަ ޝޯވްތަކެއް ހުށަހަޅުއްވާ ދެއްވަމުން ގެންދަވާ މޮޑެރޭޓަރު ތާނިޔާ ބެކެޓް އެވެ. މި ބައްދަލުވުމުގެ ޕެނަލްގައި ކޮމަންވެލްތް ގައުމުތައް ތަމްސީލް ކުރައްވައި މި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވަޑައިގަތެވެ. މި ތަޖުރިބާކާރުންގެ ތެރޭގައި އެކި ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ފޮރިން މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަަވަ އެވެ. 

ޖަނާ ޕެނަލިސްޓުންނާއެކު ފޮޓޯއަކަށް ހުއްޓިގެން

މި ބައްދަލުވުމުގައި ޖަނާގެ އިތުރުން އެ މަނިކުފާނުގެ ދަރިކަނބަލުން އަދި ހޮޓެލް އެންޑް ރިސޯޓްސް އިންވެސްޓްމަންޓުގެ ކޯ ޗެއާ ނޫރައިން ޖަނާހު ވެސް ބައިވެރިވަޑައިގެންނެވި އެވެ. 

ނޫރައިން - ނޫރައިންއަކީ އެކައުންޓިން / ބިޒްނަސް ދާއިރާގެ އިތުރުން ލީޑަޝިޕްގެ ގޮތުން ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ބަދަލަށް ވަކާލާތު ކުރައްވާ އެހެން މީހުންނަށް އެހީތެރިވެ ދެއްވުމުގައި އޭނާއަކީ މިސާލެކެވެ. ހައްގުތަކަށް އަޑު އުފުއްލެވުމާއި އެހީގެ މަސައްކަތުގައި ޗެންޕިއަނެކެވެ. ނޫރައިން ވަނީ އޭނާގެ ވަރަށް ޒުވާން އުމުރުން ފެށިގެން ތަފާތު ކަންކަމުގައި އަދި ކުރެެއްވި ކޮންމެ ކަމެއްގައި ލީޑާޝިޕް ދައްކަވާފަ އެވެ.

އޭނާގެ އެ ހިތްވަރާ ކެރިވަޑައިގަތުމުގެ ސަބަބުން ކިޔަވާ ވިދާޅުވި ނިއުޒިލެންޑްގައި އޭނާއަކީ އުހަށް އަރާފައިވާ ތަރި އެކެވެ. ބައެއް އިވެންޓްތަކުގައި އޭނާ ނިއުޒިލެންޑް ތަމްސީލުކޮށް ދެއްވަ އެވެ. އަދި 2017 ވަނަ އަހަރު އެ ގައުމުގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ވެސް ނޫރައިން ހިމެނިވަޑައިގެންނެވި އެވެ.

ކޮމަންވެލްތް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއާ ލޯޑް މާލަންޑް ޖަނާ އަދި ދަރިކަނބަލުން ނޫރައިން

ޖަނާ ޑާކާގައި އޮތް ކޮމަންވެލްތުގެ ބައްދަލުވުމަށް ވަޑައިގަތީ ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނިއަރިން (ފިޑިކް) އިން ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމުގެ ސްޕީކާއެއްގެ ގޮތުގައި ބައިވެރިވެޑައިގެންނެވުމަށްފަހު އެވެ. މި ބައްދަލުވުމުގައި ފިޑިކްގެ ރައީސްގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން އެކްސްޕާޓުން ބައިވެރިވި އެވެ. މި ބައްދަލުވުމުގައި ބައިވެވަޑައިގެންނެވިކަމަށްޓަކައި ފިޑިންގެ ރައީސް ނެލްސަން ވަނީ ޖަނާއަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރައްވާ އެންމެ ބޮޑު ޖަމިއްޔާ އެމްއެންއޭސީއައި) ގެ ރައީސް އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ރައީސްކަން ދެ ދައުރު ކުރައްވާފައިވާ ޖަނާ ދަނީ ދުނިޔޭގެ ބޮޑެތި ޕްލެޓްފޯމްތަކުގައި ރާއްޖެ ތަމްސީލް ކުރައްވައި ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވަމުންނެވެ. އެގޮތުން ކޮމަންވެލްތުގެ ވިޔަފާރިވެރިންގެ "ކްލަބް" ގްލޯބަލް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ދިވެހި ރާއްޖޭގެ ވިޔަފާރިވެރިޔެއްގެ ގޮތުގައި ރާއްޖެ ތަމްސީލް ވެސް ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.