Maldives Presidential Election 2023

6,324 VOTES

%
Umar Naseer

341 VOTES

%
Hassan Zameel

85,935 VOTES

%
Ibrahim Mohamed Solih

101,180 VOTES

%
Dr. Mohamed Miuzzu

5,610 VOTES

%
Gasim Ibrahim

2,993 VOTES

%
Ahmed Faaris Maumoon

15,600 VOTES

%
Ilyas Labeeb

1,860 VOTES

%
Mohamed Nazim
BOX 574/574
ލައިވް ބްލޮގް

ދެވަނަ ބުރެއް އޮންނާނެކަން ޔަގީންވެއްޖެ، މުއިއްޒާއި ރައީސްގެ ކުރިމަތިލުމެއް

އެންމެ ކުރީގައި އޮތީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކަައަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. ދެވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރައީސަށް މިހާތަނަށް ވަނީ 85،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. 

މުއިއްޒާއި ރައީސް ދެވަނަ ބުރަކާ ދިމާލަށް

ރިޔާސީ އިންތިހާބުގެ ވޯޓް ގުނަނީ -- މި

ވޯޓު ގުނަން ފަށާފައިވާއިރު އެންމެ ކުރީގައި އޮތީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުގައި މުއިއްޒަށް 36،452 ވޯޓު ވަނީ ލިބިފަ އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓް ލިބިފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރައީސަށް މިހާތަނަށް 33598 ވޯޓް ލިބިފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓް ގުނަނީ -- މި

މި ދެ ބޭފުޅުންނާ ދެން އެންމެ ގާތް ކުރަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް 5،138 ވޯޓް ލިބިފައިވެ އެވެ. މިހާތަނަށް ގުނުނު ވޯޓުގެ އެންމެ ފުލުގައި އޮތީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލެވެ. ޒަމީލަށް ލިބިވަޑައިގެންފައި ވަނީ 108 ވޯޓެވެ. 

ބައެއް ވޯޓްފޮށިތައް ބަންދު، ވޯޓް ގުނާ ނަތީޖާ ލިބެން ފަށައިފި

ރިޔާސީ އިންތިހާބުގެ ވޯޓް ނެގުން ހަމަޖެހިފައިވާ ގަޑި ޖެހުމާއެކު ކިއުތައް ބަންދު ކޮށްފި އެވެ. ހަވީރު ހަތަރެއް ޖެހުމާއެކު ކިއުތައް ބަންދުކުރި އިރު ބައެއް ކިއުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. ކިއުގައި މީހުން ނެތް ވޯޓްފޮށިތައް ވަނީ ބަންދު ކޮށްފައެވެ. ބައެއް ވޯޓް ފޮށިތައް މިހާރު ވަނީ ގުނަން ވެސް ފަށާފައެވެ.

2 ޖެހުމާ ހަމަޔަށް 117414 މީހުން ވޯޓް ނުލާ

ރިޔާސީ އިންތިހާބުގެ އޮފިޝަލުންތަކެއް --

މެންދުރު ދޭއް ޖެހުމާ ހަމައަށް 117414 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެފި އެވެ. އެ ވަގުތާ ހަމަޔަށް 58.42 ޕަސެންޓް މީހުން ވަނީ ވޯޓް ލާފަ އެވެ. އެއީ 164981 މީހުނެވެ. އެއީ 82،798 ފިރިހެނުންނާއި 82،183 އަންހެނުންނެވެ.

ވޯޓުލާ ނިމެން ބައިގަޑިއިރަށް ވެއްޖެ

މިއަދު މީހަކު ވޯޓް ލަނީ: މިހާރު ވަނީ ބައިގަޑިއިރަށް ވެފައި -- މި

ވޯޓުލާ ނިމެން މިހާރު ބައިގަޑިއިރަށް ވެއްޖެ އެވެ. ވޯޓުލާ ނިމޭނީ 4:00 ގައެވެ. ވޯޓްލާ ނިމެން ކައިރިވެފައިވާއިރު މާލޭގެ މަރުކަޒުތަކުގައި ކިޔޫ އެހާ ދިގެއް ނޫނެވެ. ކިޔޫ ބޮޑު މަރުކަޒުތަކުގައި ވޯޓުލާ ގަޑި ދިގުދަންމައިލާނެ އެވެ. ވޯޓު ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓް ގުނަން ފަށާނެ އެވެ.

މިއަދު މީހަކު ވޯޓް ލަނީ: މިހާރު ވަނީ ބައިގަޑިއިރަށް ވެފައި -- މި

ވޯޓު ކަރުދާސް ދައްކައި ފޮޓޯ ނަގާ މައްސަލަ ހުއްޓުވަން ޕީޕީއެމުން ގޮވާލައިފި

ޕީޕީއެމް އިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވޯޓު ފޮށިތައް ކައިރީގައި ގަވާއިދާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށް ފާހަގަކުރެވެމުންދާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ދެއްކުމާއި، އެކި ކަހަލަ އާލާތްތައް ބޭނުންކޮށްގެން ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ފަދަ ކޖަންކަން ހިނގަމުންދާ ކަމަށެވެ. މިފަދަ ކަންކަން ތަކުރާރު ނުވާނެހެން އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެ ޕާޓީން ވަނީ އީސީއަށް ގޮވާލައިފަ އެވެ. ގަވާއިދާ ހިލާފަށް އަމަލުކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ވެސް ގޮވައިލި އެވެ.

މިހާތަނަށް ގިނަ ގައިދީން ވެސް ވޯޓް ލައިފި

ޖަލު ބަންދުގައި ތިބި ގައިދީންނާއި ބަންދު މީހުން ތެރެއިން މިހާތަނަށް ގިނަ ބަޔަކު ވޯޓު ލާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ. ސީޕީ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ޖަލުތަކުގައި ކުރިއަށްދަނީ ވަރަށް އަމާން ކަމާއި އޮމާން ކަމާއެކުގައި ކަމަށެވެ.

ޖަލުގައި ވޯޓުލުން ކުރިއަށް ދަނީ --

ވޯޓާ ގުޅިގެން ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ޖަމާލުއްދީން ސްކޫލް ކައިރީގައި މީހުން ތޮއްޖެހިފައިވާއިރު ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

ވޯޓާ ގުޅުން ހުރި އެކި ކަންކަމުގައި މިހާތަނަށް ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނީ ދެ މީހުންނާ ގުޅޭ ކަންކަން އިތުރަށް ބަލާތީ އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ވޯޓާ ދިމާކޮށް ފުލުހުން ދަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިހާތަނަށް މާ ބޮޑު މައްސަލައެއް ދިމާ ނުވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ކެންޑިޑޭޓް އުމަރު ވޯޓް ލައްވައިފި

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، އުމަރު ނަސީރު ވޯޓު ލައްވައިފި އެވެ. އުމަރު ވޯޓު ލެއްވީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގައި ހުރި ވޯޓު ފޮއްޓަކަށެވެ. އެންމެ ފަހުން ވޯޓު ލެއްވި ކެންޑިޑޭޓަކީ އުމަރެވެ. މިހާރު ހުރިހާ ކެންޑިޑޭޓުން ވަނީ ވޯޓުލާ ނިންމާލައިފަ އެވެ.

އުމަރު ނަސީރު ވޯޓުލައްވަނީ: އުމަރަކީ ކެންޑިޑޭޓް ނަންބަރު އެކެއް -- މި

1 ޖެހުމާ ހަމަޔަށް 47 ޕަސެންޓް މީހުން ވޯޓު ލައިފި

މެންދުރު 1 ޖެހުމާ ހަމައަށް 135422 މީހުން ވޯޓްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 47.95 ޕަސެންޓް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 69،261 ފިރިހެނުންނާއި 66،161 އަންހެނުންނެވެ. މިހާތަނަށް 146973 މީހަކު ވޯޓް ނުލަ އެވެ. 

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.