ރާއްޖެއަށް 1.2 މިލިއަން: އަމާޒު ހޯދަން ބާކީ ހަ ލައްކަ

މި އަހަރު ދިވެހި ސަރުކާރުން ކަނޑައެޅި ޓާގެޓަކީ 1.9 މިލިއަން ނޫނީ ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ ޓާގެޓަށް ދާން އެމްއެމްޕީއާރްސީން ވެސް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަ ނިސްބަތް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުން

މި އަހަރު 1.9 މިލިއަން ނުވަތަ ގާތްގަނޑަކަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ދިވެހި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒަށް ހިސާބު ޖަހައި ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު މި އަހަރުގެ މިހާތަނަށް ބަލާނަމަ ރާއްޖެއަށް ޖުމްލަ އައިސްފައި ވަނީ 1.2 މިލިއަން މީހުނެވެ. މި އަދަދުން ބަލާނަމަ މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް އެންމެ މަދުވެގެން ހަ ލައްކަ ޓޫރިސްޓުން ގެންނަން ޖެހޭނެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 1.2 މިލިއަން ޓޫރިސްޓުންނަކީ މިދިޔަ އަހަރު އައި 1.1 މިލިއަން މީހުނާ އަޅާބަލާނަމަ 14 ޕަސެންޓުގެ އިތުރު ވުމެކެވެ. މި އަދަދު ހަމަވެފައި ވަނީ މި އަހަރު އެވްރެޖްކޮށް 4،000 މީހުން އައިސްގެންނެވެ. ނަމަވެސް މިހާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުވާލަކު އަންނަ ޓޫރިސްޓުންގެ ނިސްބަތް ހުރީ 5,037 ގަ އެވެ. އެހެންވެ މި އިތުރުވުމާއެކު ޖުމްލަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ. 

ޓޫރިސްޓުން އެންމެ ގިނަ ފަސް ގައުމު

  •  ރަޝިއާ - 147,187
  •  އިންޑިއާ - 138,104
  •  ޗައިނާ - 124,549
  •  އިނގިރޭސިވިލާތް - 102,253
  •  ޖަރުމަނުވިލާތް - 82,734

މި އަހަރުގެ މިހާތަނަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ޑެއިލީ އެރައިވަލްސް ދަަށްނުވެ ހުރިނަމަވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ ދަށްވެފަ އެވެ. މި އަހަރު ފެށުނުއިރު އެވްރެޖުކޮށް އަށް ދުވަހު ރާއްޖޭގައި ޓޫރިސްޓުން މަޑު ކުރެ އެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ ހަތް ދުވަހަށް ދަށްވެފަ އެވެ. 

ކޮމެންޓް

1
450
ވިމް
7 months ago

ޑިސެމްބަރ އަށް ރަނގަޅުވާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.