ނާޒިމްގެ އެމްްއެންޕީގެ ތާއީދު މުއިއްޒަށް

އެމްއެންޕީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އާއެކީ މަޝްވަރާ ކުރިއަށް ގެންދިއުމަށް އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އަދި އެމަނިކުފާނުގެ ރަނިންމޭޓް

ޕީޕީއެމް/ޕީއެންސީ އާއެކީ މަޝްވަރާ ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ މިރޭ ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިރޭ ވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލް އެއްވެފައެވެ. އެ ބައްދަލްވުމާއި ގުޅޭގޮތުން އެ ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އާއެކީ މަޝްވަރާ ކުރިއަށް ގެންދިއުމަށް އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އެ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެމްއެންޕީން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރި އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކާނަލް ނާޒިމް އެވެ. މި ފަހުން އުފެދުނު އަދި ވަރަށް ބޮޑު އިންތިޒާމެއްގެ ތެރެއިން ހިންގަމުން އައި އެމްއެންޕީން މި ފަހަރުގެ އިންތިހާބު ގައި ރަނގަޅު ނަތީޖާ އެއް ނެރޭނެ ކަމަށް ކުރީން އޮތީ ބެލެވިފައެވެ. ނަމަވެސް ދިހަހާހާ ގާތް ކުރާ އަދަދެއްގެ މެންބަރުންގެ ދަފްތަރެއް ވެސް އޮތް އެމްއެންޕީ އަށް ލިބުނީ ހައިރާންވާހާ ދަށް ނަތީޖާ އެކެވެ.

ނާޒިމަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ އެއް ޕަސެންޓް ވޯޓެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ މީހުންގެ ވޯޓް ހޯއްދަވާފައެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް ސޯލިހެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އިތުރު ޕާޓީތަކާއި ލީޑަރުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވާފައެވެ. 

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ

  •  ޑރ. މުހައްމަދު މުއިއްޒު - 101،635 ވޯޓް
  •  ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - 86،161 ވޯޓް
  •  އިލްޔާސް ލަބީބް - 15،839 ވޯޓް
  •  އުމަރު ނަސީރު - 6،343 ވޯޓް
  •  ގާސިމް އިބްރާހިމް - 5،460 ވޯޓް
  •  އަހްމަދު ފާރިސް މައުމޫން - 2،979 ވޯޓް
  •  މުހައްމަދު ނާޒިމް - 1،907 ވޯޓް

ކޮމެންޓް

1
450
ސަކިންތަ
7 months ago

ދެން ގޯހެއްނޫން ދޯ. ބެލެވެނީ ތީ ވަރަށް ރަނގަޅު ނިނމުމެއް ކަމަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.