ސިފައިންގެ ވެރީންނާ ގުޅުވާ ފަތުރަނީ ދޮގެއް

"ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމަ އަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި އެއްގޮތަށް އަމަލު ކުރާ ބައެއްގެ ގޮތުގައި،"

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް (ކ) މިނިސްޓަރު މާރިޔާ އަހްމަދު ދީދީ (މ) ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ)

ސަރުކާރު ދިފާއުކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް އިއުލާނު ކުރަން އަންގާ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސްވެރީންނަށް ސަރުކާރުން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެމްއެންޑީއެފުން ދޮގު ކޮށްފި އެވެ.

ބައެއް ނޫސްތަކުން ވެސް ވަނީ އެ ވާހަކަ ރިޕޯޓް ކޮށްފައެވެ. އެ ރިޕޯޓް ބުނާގޮތުން ސިފައިންގެ ވެރީންނަށް ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަން ސަރުކާރުން ވަނީ އަންގާފައެވެ. ނޫސްވެރީންގެ ބައްދަލްވުމުގައި ސަރުކާރު ދިފާއު ކުރަން އަންގާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށާ ރާއްޖެ-އިންޑިއާ ދެމެދު ވެފައިވާ އެއްވެސް އެއްބަސްވުމަކުން މިނިވަން ކަމަށް ބުރޫއަރާނެ ކަމެއް ނެތް ކަމަށް ވިދާޅުވާން އަންގާފައިވާ ކަަމަށެވެ. ނަމަވެސް އެކަމަށް ލީޑާޝިޕުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ފުރަތަމަ ކަމަަކަށް އެފަދަ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަން ސަރުކާރުން ނާންގާ ކަމަށާ އެފަދަ ބައްދަލްވުމެއް ބާއްވަން ވެސް ނިންމާފައި ނެތް ކަމަށް ވަނީ ބުނެފައެވެ.

"ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމަ އަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި އެއްގޮތަށް އަމަލު ކުރާ ބައެއްގެ ގޮތުގައި،"

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދިފާއުކޮށް ރައްކާތެރި ކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކުުރުމުގެ ފުރުސަތު ސިފައިން ނުދޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަ އެވެ.

"ވީމާ އެއްވެސް މަގުސަދެއްގައި ސިފައިންގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހި ކަމަށް ކިލަނބު ކަން ލިބޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަން،" ސިފައިންގެ މެސެޖުގައި ވެއެވެ.

ކޮމެންޓް

1
450
ލިމްކޮ
7 months ago

" އަދި ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށާ.." ނެތިއްޔާ ކީއްވެތަ ޝަމާލް އެ ވިދާޅހުވަނީ ދިވެހި ސިފައިން ބާރު ނުހިނގާ ތަނެއް ޖާއްގަ ނުހުންނާނެ އޭ. އަދިވެސް ހަދަނީ ދޮގު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.