ވޯޓު ނުލަނީ 56،909 މީހުން، %80 މީހުން ވޯޓުލި

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ވޯޓްލާފައި ވަނީ 225،486 މީހުންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 220،651 އެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 79.85 ޕަސެންޓެވެ.

ކެންޑިޑޭޓުންނަށް މި ފަހަރު ލިބުނު ވޯޓްގެ ނަތީޖާ

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާއިރު މި ފަހަރުގެ އިންތިހާބު ގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 56،909 މީހުން ވޯޓް ނުލާ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ވޯޓްލާފައި ވަނީ 225،486 މީހުންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 220،651 އެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 79.85 ޕަސެންޓެވެ.

  •  ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު - 282،395
  •  ވޯޓުލީ މީހުންގެ އަދަދު - 225،486
  •  ސައްހަ ވޯޓް - 220،651
  •  ޖުމްލަ ވޯޓް - 225،486
  •  ބާތިލު ވޯޓް - 4،835
  •  ވޯޓްލީ މީހުންގެ އިންސައްތަ - 79.85 ޕަސެންޓް

އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ މީހުންގެ ވޯޓް ހޯއްދަވާފައެވެ.

ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް ސޯލިހެވެ. ދެން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. އެންމެ ހައިރާން ގެނުވި ނަތީޖާއަކީ ގާސިމް އިބްރާހިމާއި މުހައްމަދު ނާޒިމަށް ލިބިވަޑައިގެން ނަތީޖާ އެވެ.

  •  ޑރ. މުހައްމަދު މުއިއްޒު - 101،635 ވޯޓް
  •  ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - 86،161 ވޯޓް
  •  އިލްޔާސް ލަބީބް - 15،839 ވޯޓް
  •  އުމަރު ނަސީރު - 6،343 ވޯޓް
  •  ގާސިމް އިބްރާހިމް - 5،460 ވޯޓް
  •  އަހްމަދު ފާރިސް މައުމޫން - 2،979 ވޯޓް
  •  މުހައްމަދު ނާޒިމް - 1،907 ވޯޓް
  •  ހަސަން ޒަމީލް - 327 ވޯޓް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާބު ކުރަން ބޭނުންވާ 50 ޕާސަންޓާ ހަމައަކަށް ވަޑައެއް ނުގެންނެވެ އެވެ. އެހެންވެ ދެވަނަ ބުރު އޮންނަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ބުރު އޮންނާނީ ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެވަނަ ހޯއްދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.