ކޯލިޝަން ހަދަން ދެ ޕާޓީން ހުށަހަޅައިފި، ގޮތެއް ނުނިންމަން: ފާރިސް

"މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް އަޅުގަނޑުމެންގެ ނިންމުން އާންމުކުރާނަން. އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނުނިންމަން،" ފާރިސް ވިދާޅުވި އެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއާރްއެމް އަށް އެމްޑީޕީ އަދި ޕީޕީއެމް އިން ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފައި ވަނީ އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މި ދެ ބޭފުޅުން ފަރާތްޕުޅުން ވެސް އެކީގައި މަސައްކަތް ކުރަން ހުށަހަޅުއްވާފައިވާ ކަމަށް ފާރިސް މިއަދު ވިދާޅުވި އެވެ.

"މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް އަޅުގަނޑުމެންގެ ނިންމުން އާންމުކުރާނަން. އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނުނިންމަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވެފައި ވަނީ ގޮތެއް ނިންމުނުހާ އަވަހަކަށް އާންމުންނަށް އެކަން އަންގަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްއާރްއެމްއަށް ވާދަނުކުރެވޭތީ ފާރިސް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ފާރިސް އަށް ލިބިވަޑައިގަތީ 2،993 ވޯޓެވެ. އެއީ އިންތިހާބުގެ އެއް ޕަސެންޓެވެ. 

ކޮމެންޓް

1
450
ދާދު
7 months ago

އިބޫ އާއި ގުޅޭ، ޔާމީން އާއި މުއިޒް މެން ނުވާނެ މައުމޫނާއި އޭނާގެ ދަރިންނަށް ދުވަހަކު ވެސް ރަނގަޅެއް. މިފަހަރު އިބޫ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.