ޖޭޕީއާއެކު ކޯލިޝަން ނުހަދަން ރައީސް ޔާމީން އަންގައިފި

އިންތިހާބުން ގާސިމަށް ލިބިވަޑައިގަތީ 5،610 ވޯޓެވެ. އެއީ ތިން ޕަސެންޓް ވޯޓެވެ. އެހެންވެ ގާސިމާ ގުޅިގެން މާ ބޮޑު ޕަސެންޓެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ގާސިމާއެކު ކޯލިޝަން ހަދަން ޔާމީންގެ ޝައުގުވެރިކަމެއް ނެތް --

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމާއި ޕީއެންސީ އަށް އަންގަވައިފި އެވެ.

ޕީޕީއެމް ބޭފުޅަކު ވިދާޅުވީ ޖޭޕީއާއެކު ކޯލިޝަން ހައްދަވަން ރައީސް ޔާމީންގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. މީގެ ކުރިން ވެސް ޔާމީންގެ އެ ޝައުގުވެރިކަން ނެތް ކަމަށާއި، ދެވަނަ ބުރުގައި ކޯލިޝަން ހަދަން ވިސްނާނީ ގާސިމް އިބްރާހިމަށް ފުރަތަމަ ބުރުގައި 10،000 ވޯޓު ލިބިއްޖެނަމަ ކަމަށް އެމަނިކުފާނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން އެގޮތަށް އެންގެވި ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތް ކާމިޔާބީ ފާހަގަ ކުރައްވަން ރޭ ބޭއްވި އިވެންޓްގައި އޭނާ ވަނީ ހުރިހާ ޕާޓީއަކަށް ވެސް ދައުވަތު ދެއްވާފަ އެވެ. އެކަމަކު އެއީ ރަސްމީކޮށް ދެއްވި ދައުވަތެއް ނޫނެވެ.

އިންތިހާބުން ގާސިމަށް ލިބިވަޑައިގަތީ 5،610 ވޯޓެވެ. އެއީ ތިން ޕަސެންޓް ވޯޓެވެ. އެހެންވެ ގާސިމާ ގުޅިގެން މާ ބޮޑު ޕަސެންޓެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ޑރ. މުއިއްޒު ވަނީ 46 ޕަސެންޓް ވޯޓް ކާމިޔާބު ކުރައްވާފަ އެވެ. އެކަމަކު އެއީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭ ޕަސެންޓެއް ނޫނެވެ. އެހެންވެ ކޯލިޝަން ހެދުން މުހިންމެވެ.

ދެވަނަ ބުރަށް ދަތުރުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިހަތީ 39 ޕަސެންޓެވެ. ފުރަތަމަ ބުރުގައި ވާދަކޮށް، ނާކާމިޔާބުވި ހުރިހާ ޕާޓީތަކަށް ދައުވަތު ދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.