"މިދިއަ ފަސް އަހަރަށް ވުރެ ހަރުކަށި ފިކުރަށް ޖާގަދޭ ސަރުކާރެއް އަންނާނެ ކަމަށް ނުދެކެން"

އިންތިހާބުގައި ތިން ވަނައަށް ދިޔައީ ރައީސް ނަޝީދުގެ އެމްޑީޕީން ވަކިވެ ވަޑައިގެން އުފެއްދި އަދި ދެތިން މަހެއްހާ ދުވަހުގެ މަސައްކަތަށް ފަހު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިލްޔާސް ލަބީބެވެ. އޭނާ 15،600 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މުއިއްޒަށް ތާއީދު ކުރެއްވުމުގެ އިޝާރާތެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިދިއަ ފަސް އަހަރަށް ވުރެ ބޮޑަށް ހަރުކަށި ފިކުރަށް ޖާގަ ދީގެން ކަންކަން ތަމްސީލުވާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ދެކެ ވަޑައި ނުގަންނަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު، "އެކްސް" ގައި ބޭނުން ކުރައްވާ ރަސްމީ އެކައުންޓު މެދުވެރިކޮށް ވިދާޅުވީ "ހަރުކަށި ފިކުރަށް  ޖާގަ ދީ، އަދި އެގޮތްތައް މިދިއަ ފަސް އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި" ކަމަށެވެ. 

އެ މަނިކުފާނު އެހެން ވިދާޅުވެފައި ވަނީ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމުން، ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ފުރަތަމަ ބުރުގައި މޮޅުވީ "ހަރުކަށި ފިކުރު" ކަމަށް ބުނާ ބުނުމާއި "މުއިއްޒު ހޯއްދެވި ކާމިޔާބީއަކީ ސަލަފު ހޯދި ކާމިޔާބެއް" ކަމަށް ބުނަމުން ދާ ދިއުމާއި މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ މަނިކުފާނު އަވާހަރަކޮށްލަން އަމާޒުކޮށަް ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅުވާލައްވަމުންނެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް ނެގީ އިއްޔެ އެވެ.  

އަށް ކެންޑިޑޭޓުން ވާދަ ކުރެއްވި ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ 50 ޕަސެންޓަށް ވުރެ މަތީ ނަތީޖާއެއް ނުހޯއްދެވުނެވެ. އަދި އަދި އެންމެ މަތީން ވޯޓް ހޯއްދެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ވެސް 50 ޕަސެންޓާ ހަމައަށް ދަތުރެއް ނުކުރެއްވުނެވެ.   

އެހެންވެ އިންތިހާބުގައި ކުރި ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް، މާލޭގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ބުރަކަށް ދަތުރު ކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދެވި އެވެ. އެ މަނިކުފާނު ވަނީ 101،180 ވޯޓް ހޯއްދަވާފަ އެވެ. 

ދެވަނައަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ 85،935 ވޯޓެވެ. އެއީ މުއިއްޒު ހޯއްދެވި ވޯޓާއި ބަލާއިރު 15،000 ވުރެ މަދު އަދަދެކެވެ.

އިންތިހާބުގައި ތިން ވަނައަށް ދިޔައީ ރައީސް ނަޝީދުގެ އެމްޑީޕީން ވަކިވެ ވަޑައިގެން އުފެއްދި އަދި ދެތިން މަހެއްހާ ދުވަހުގެ މަސައްކަތަށް ފަހު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިލްޔާސް ލަބީބެވެ. އޭނާ 15،600 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ. އަދި ވަރުގަދަ ސިޔާސީ ލީޑަރު އަދި ކުރީގެ އިންތިހާބު ތަކުގެ "ކިންގް މޭކަރު" ގާސިމް އިބްރާހިމަށް ވުރެ މަތީން ވޯޓް ހޯއްދަވައިގެން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ 6،300 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ.  

ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،600 ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.