"ޝުކުރިއްޔާ ދިވެހިން" ރެލީއާއެކު އިދިކޮޅުން މިރޭ ކެމްޕޭން ފަށަނީ

އަށް ކެންޑިޑޭޓުން ވާދަ ކުރެއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދެވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބަށް ފަހު ދެވަނަ ބުރުގެ ކެމްޕޭން އަލުން ފަށައިގަތުމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބޮޑު އަދި ހާއްސަ ރެލީއެއް މިރޭ މާލޭގައި ބާއްވާނެ އެވެ. 

އިދިކޮޅުން މާލޭގައި ބާއްވާ ރެލީ ކުރިޔަށް ގެންދަނީ ހެންވޭރު އާޓިފިޝަލް ބީޗްގަ އެވެ. މި ކެމްޕޭން ރެލީ ކުރިޔަށް ގެންދަނީ "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ. އެ ވޯޓްގައި ވާދަ ކުރައްވާނީ ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަށް ކެންޑިޑޭޓުން ވާދަ ކުރެއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދެވި އެވެ. އެ މަނިކުފާނު ވަނީ 101،180 ވޯޓް ހޯއްދަވާފަ އެވެ. ދެވަނައަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ 85،935 ވޯޓެވެ. އެއީ މުއިއްޒު ހޯއްދެވި ވޯޓާއި ބަލާއިރު 15،000 ވުރެ މަދު އަދަދެކެވެ.

މި ނަތީޖާއަކީ ކުރީން ލަފާކުރެވުނު، ހާއްސަކޮށް ސަރުކާރުން ބުނަމުން އައި ނަތީޖާއާ ވަރަށް ތަފާތު ބޮޑު ނަތީޖާ އެކެވެ. ޑިމޮކްރެެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ 15،600 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. ގާސިމަށް ވުރެ މަތީން ވޯޓް ހޯއްދަވައިގެން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ 6،300 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. 

ކުރީން "ކިންގް މޭކާ" ގެ ގޮތުގައި ފާހަގަ ކުރެވުނުު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،600 ވޯޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.