ނަތީޖާ ގަބޫލުކުރަން، ތާއީދު ކުރާނެ ކެންޑިޑޭޓަކު ހާމަކުރާނަން: އެމްއެންޕީ

އެމްއެންޕީން ބުނީ އެ ޕާޓީ އަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އުފައްދާފައިވާ ގައުމީ ފިކުރުގެ ޕާޓީއަކަށް ވުމާއެކު ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް

މިއަދު ބޭއްވުނު ރިޔާސީ އިންތިހާބުގައި ނިކުތް ނަތީޖާ ގަބޫލުކޮށް ދިވެހި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބު ގައި އެ ޕާޓީން ވާދަކުރީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އިންތިހާބަށް ނާޒިމަށް ލިބިވަޑައިގަތީ ދަށް ނަތީޖާ އެކެވެ. ލިބިވަޑައިގެން ވޯޓްގެ އަދަދު ދެހާހަށް ވުރެ ދަށެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރާކަން ހާމަކޮށް އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުގައި އެންމެ ކުރި ހޯއްދެވި ޑރ. މުހަންމަދު މުއިއްޒަށާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދުލަތީފަށް އަދި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހާއި އޭނާގެ ރަނިންމޭޓް މުހަންމަދު އަސްލަމަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި މި އިންތިހާބުގެ ނަތީޖާ ނިކުތް ގޮތުން އިންތިހާބުގެ ދެ ވަނަ ބުރެއް އޮންނާނޭ ކަމަށް ގަބޫލުކުރެވޭތީ ދެވަނަ ބުރުގައި އެ ޕާޓީން ނިންމާނޭ ގޮތެއް ހިއްސާ ކުރާނެ ކަމަށެވެ.

"މި ޕާޓީ އުފައްދައިގެން މިވީ ދެ އަހަރާއި ގާތްކުރާ މުއްދަތުގައި މި ޕާޓީން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް ވޭތުވެދިޔަ ތަނުގައި މި ޕާޓީއާއެކު ތިއްބެވި އެންމެހާ ދިވެހި ރައްޔިތުންނަށްވެސް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ."

އެމްއެންޕީން ބުނީ އެ ޕާޓީ އަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އުފައްދާފައިވާ ގައުމީ ފިކުރުގެ ޕާޓީއަކަށް ވުމާއެކު ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.