މިއަދު އޮތް އިންތިހާބުގައި އުމަރު ވަނީ 6،300 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްއާ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ ގިނަ އަދަދެކެވެ.
މިއަދު އޮތް ރިޔާސީ އިންތިހާބުގައި ބައެއް ޕާޓީތަކުން ވާދަކުރެއްވި ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދަވާ އިންތިހާބުގެ ހަތަރުވަނަ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހޯއްދަވައިފި އެވެ.
މިއަދު އޮތް އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރި އެވެ. ކުރީން ގިނަ ބަޔަކު ލަފާކުރި ގޮތުން އިންތިހާބުން އެންމެ ދަށް ނަތީޖާއެއް ލިބޭނެ ކެންޑިޑޭޓުންގެ ތެރޭގައި އުމަރު ހިމެނިވަޑައިގަންނަވާނެ އެވެ. އިންތިހާބަށް ބޮޑު ހަރަދެއް އުމަރު ނުކުރައްވައެވެ.
ކެމްޕެއިނަށް ގިނަ ރަށްތަކަކަށް ވަޑައެއް ނުގެންނެވުނެވެ. މާލީ ދަތިކަމާއި ގުޅިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދެވީ މާލެ ސަރަހައްދުގައެވެ. ނަމަވެސް އެންމެ ތަފާތު ކެމްޕެއިނެއް ކުރެއްވި އެއް ބޭފުޅަކީ އުމަރެވެ. މާލޭގައި ވަރަށް ގިނައިން ޑޯޓޯޑޯ ހިންގެވި އެވެ. މާލެއާ ހުޅުމާލޭގައި ރޯޑް ރެލީތައް ބޭއްވި އެވެ.
ރާއްޖޭގައި އިސްލާމީ ޝަރީއާ ގާއިމު ކުރައްވާ އެންމެ ބޮޑެތި އިޖްތިމާއީ މައްސަަލަތަކަށް ހައްްލު ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވީ އުމަރެވެ. އެހެން ސިޔާސީ ލީޑަރުންނާއި ހިލާފަށް ހިލޭ ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ވިދާޅެއް ނުވެއެވެ.
މިއަދު އޮތް އިންތިހާބުގައި އުމަރު ވަނީ 6،300 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްއާ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ ގިނަ އަދަދެކެވެ.
އުމަރު ވަނީ އޭނާގެ މަސައްކަތުގައި ބައިވެރިވެ ދެއްވި ހުރިހާ ބޭފުޅުންނާއި ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.