އެމްޑީޕީން ފައިސާ އެއް ނުބަހާނެ: ރައީސް

އިންތިހާބާ ދިމާކޮށް ވޯޓް ހޯދަން އެމްޑީޕީން ފައިސާ ބަހާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވަނީ އެކަން ދޮގުކޮށް ރައްދު ދެއްވާފައެވެ.

ރައީސް ސޯލިހް ނޫސްވެެރީންނާއި ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިހާބާއި ދިމާކޮށް ވޯޓް ހޯދަން އެމްޑީޕީން ފައިސާ ނުބަހާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވިދާޅުވެއްޖެ އެވެ.

ޖަމާލުއްދީން ސުކޫލުގައި ހުރި ހިންނަވަރު ދާއިރާގެ މާލެ ވޯޓް ފޮއްޓަށް ވޯޓް ލެއްވުމަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވޯޓްގެ ކަންކަން ކުރިއަށް ދަނީ ވަރަށް އަމާން ކަމާއި އޮމާން ކަމާއެކު އެވެ. އަދި މިއީ މިނިވަންކަމާ އެކު ހުރިހާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެވުނު މަންޒަރު ފެނުނު ހަމައެކަނި އިންތިހާބު ކަމަށެވެ.

އިންތިހާބާ ދިމާކޮށް ވޯޓް ހޯދަން އެމްޑީޕީން ފައިސާ ބަހާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވަނީ އެކަން ދޮގުކޮށް ރައްދު ދެއްވާފައެވެ.

"އެމްޑީއަކުން ނުބަހާނެ ފައިސާ އެއް" ވަރަށް ކުރުކޮށް ޖަވާބު ދެއްވާ ރައީސް ވިދާޅުވި އެވެ.

ވޯޓް ލެއްވުމަށް ފަހު ރައީސް ސޯލިހް އެނބުރި ވަޑައިގަންނަވަނީ

ރައީސް ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި 88 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުން ވޯޓްލާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިންތިހާބު ކުރިއަށް ދަނީ މިހާތަނަށް ނުދެކޭ ފަދަ ޑިމޮކްރެޓްސް ހަމަތަކުގެ މަތީން ކަމަށް ވިދާޅުވި އެވެ.

"މިއީ މީގެ ކުރީން އިންތިހާބެއްގައި ފެނުނު ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.