ނާޒިމްގެ ކެމްޕެއިން ނިންމާލީ ސައިކަލު ބުރަކުން

ނާޒިމްގެ ކެމްޕެއިން ނިންމުމުގެ ގޮތުން ބޭއްވި ސައިކަލް ބުރު އޮތީ ހުޅުމާލޭ ގައެވެ. ގިނަ ބަޔަކު ސައިކަލް ބުރުގައި ވަނީ ބައިވެރިވެފައެވެ.

ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައި

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ބާއްވައިފި އެވެ.

ނާޒިމްގެ ކެމްޕެއިން ނިންމުމުގެ ގޮތުން ބޭއްވި ސައިކަލް ބުރު އޮތީ ހުޅުމާލޭ ގައެވެ. ގިނަ ބަޔަކު ސައިކަލް ބުރުގައި ވަނީ ބައިވެރިވެފައެވެ. ނާޒިމްގެ އަރިހުގައި އެމްއެންޕީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައި

ސައިކަލު ބުރަށް ފަހު ނާޒިމް ވެސް ވަނީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވާފައެވެ. ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ގައުމަށް ގެނެސް ދެއްވާނެ ބަދަލުތައް ވިދާޅުވެ ދެއްވާފައެވެ.

ހާއްސަކޮށް ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކޮށް ދިނުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކޮށްދެއްވި އެވެ. އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގެނެސް ދެއްވާނެ މުހިންމު ބަދަލުތައް ތަފްސީލު ކޮށްދެއްވި އެވެ.

ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައި
ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައި

ނާޒިމް ވިދާޅުވީ އޭނާއަށް ފުރުސަތު ދެއްވައިފިނަމަ ތަފާތު ދަައްކަވާނެ ކަމަށެވެ. ސިޔާސީ މައި ދެ ޕާޓީއަށް ގިނަ ފުރުސަތުތަކެއް ދެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިއީ އާ ވިސްނުން ތަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.

ނާޒިމްގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ސައިކަލު ބުރެއް ވަނީ ބާއްވާފައި

ރިޔާސީ އިންތިހާބުގެ ވޯޓް ނެގުން އޮތީ މާދަމާ އެވެ. އިރުއޮއްސި ހައެއް ޖެހުމާއެކު ކެމްޕެއިން ކުރުން ވަނީ މަނާ ވެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.