ވެލާ ފެޅި ކެންދޫ މީހުންގެ ޖޫރިމަނާއަށް ލުއި ދީފި

އީޕީއޭ އިން މިއަދު ބުނީ އެ މީހުންގެ ޖޫރިމަނާ ލުއިކޮށްފައި ވަނީ ބަންޑާރަ ނާއިބުގެ އޮފީހުން ދިން ލަފަޔާ ގުޅިގެން ކަމަށެވެ.

ކެންދޫ ގްރޫޕަކުން ފެޅި ވެލާތައް: އެމީހުން އައީ ބޮޑު ޖޫރިމަނާއަށް ވަނީ ލުއި ދީފައި

ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާތަކެއް ކަތިލައިގެން ކައްކަން ތިއްބައި ފުލުހުން ހައްޔަރު ކުރި މީހުންގެ މައްޗަށް ބޮޑު ޖޫރިމަނާ އެއް ކުރުމަށް ފަހު ޖޫރިމަނާ ލުއި ކޮށްދީފި އެވެ.

ބ. އަތޮޅުގައި އޮންނަ ފަޅު ރަށަކަށް ފަސް މީހަކު ގޮސް އެރަށުގައި ވެލާ ފަޅައިގެން ކައްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ އެރަށަށް ގޮސް އެމީހުން ހައްޔަރު ކޮށްފަ އެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމީހުން ވަނީ ބޮޑު، ހަ ވެލާ ފަޅާލައިގެން ކައްކާފަ އެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ކުރީން ވިދާޅުވީ މިދިޔަ ޖޫން މަހު އެ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ގޮތުން ފަސް މީހުން ވަނީ 1،386،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެއީ ކޮންމެ މީހަކު 198،000 ރުފިޔާއިންނެވެ.

ނަމަވެސް އީޕީއޭ އިން މިއަދު ބުނީ އެ މީހުންގެ ޖޫރިމަނާ ލުއިކޮށްފައި ވަނީ ބަންޑާރަ ނާއިބުގެ އޮފީހުން ދިން ލަފަޔާ ގުޅިގެން ކަމަށެވެ. ބަންޑާރަ ނާއިބު އެ ލަފާ ދީފައި ވަނީ ގަވާއިދުވާ ގޮތާއި ހިލާފަށް ޖޫރިމަނާ ކޮށްފައިވާތީ އެވެ. އެހެން ކަމުން ޖޫރިމަނާ ލުއިކޮށް ކޮންމެ މީހަކު 33،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ވަނީ އަންގާފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހުރިހާ ބާވަތެއްގެ ވެލަޔާއި ކަހަނބު ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލަޔާއި ކަހަނބުގެ ދިރުންތައް މުޅި ދުނިޔެއިން ނެތިގެން ހިނގައިދާނެތީ އެތަކެތި ހިމާޔަތްކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، ވެލާ ހިފައިގެން ކާ މީހުން އުޅެ އެވެ. ބައެއް އަތޮޅުތަކުގައި އެއީ ވަރަށް އާންމު ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.