އެޑްވަޓޯރިއަލް

މިއާ ކޮސްމެޓިކްސް ހުޅުވަނީ ރަށްރަށަށް ފަހި ވިޔަފާރިއެއްގެ ގޮތުގައި

މިއީ ކޮސްމެޓިކްސްގެ އުފެއްދުންތައް މުޅިރާއްޖެއަށް ފަތުރާލުމަކީ މި ކުންފުނީ އުންމީދެވެ. އަދި ދިވެހިންގެ އަތުގަ ހިފައިގެން ވިޔަފާރިތަކެއް އުފެއްދުމަކީ މި ބްރޭންޑުގެ މަގުސަދެވެ.

މިއާ ކޮސްމެޓިކްސް : މިމަހު ފިހާރައެއް ރާއްޖޭގައި ހުޅުވަން ދަނީ ތައްޔާރު ވަމުން

ރާއްޖޭގައި ކޮންސްމެޓިކްސް ބްރޭންޑުތައް ހުއްޓަސް ރާއްޖޭގެ އެކި ހިސާބުތަކުން މި ބްރޭންޑްތައް ފެނުން މަދެވެ. އެކަމަކު މިހާރު ރާއްޖޭގައި ހުޅުވަން ތައްޔާރުވެފައިވާ މިއާ ކޮންމެޓިކްސް ތަފާތުވާނެ އެވެ. އެއް ތަފާތަކީ މި ބްރޭންޑުގެ ރާއްޖެއަށް ތައާރަފު ވެގެން ދާނީ ރަށްރަށަށް ފަހި ރައްޔިތުންނަށް ފަހި ވިޔަފާރިއެއްގެ ގޮތުގަ އެވެ. 

މިއާ ކޮސްމެޓިކްސްގެ ފުރަތަމަ ފިހާރަ ހުޅުވަން ތައްޔާރުވަމުން ދަނީ ރިސޯޓްލައިފް އިންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި މި ބްރޭންޑު ފުރަތަމަ ހުޅުޅަން ވިސްނީ ހަމައެކަނި ވެރިރަށް މާލޭގަ އެވެ. ނަމަވެސް މި ހިޔާލު ބަދަލުގެ މިހާރު މުޅިރާއްޖޭގައި ހުޅުވުން މި ބްރޭންޑު ވިއްކާ ކުންފުންޏާ ވާހަކަ ދައްކައިގެން އެއްބަސްވެފައިވާ ކަމަށެވެ. 

"މި ހިޔާލު އުފެދިގެން އައީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބު އާއި ހުސެއިން އަމްރު މެނިފެސްޓޯ ތައްޔާރު ކުރުމުގެ ތެރޭގައި ވިޔަފާރިތަކާ ބައްދަލު ކުރުމުގެ ސިލްސިލާގެ ދަށުން ދިން ހިޔާލެއްގެ މައްޗަށް. އެ ބޭފުޅުން ވިދާޅުވި ތިމަންމެންގެ ބޭނުންވަނީ ވިޔަފާރިތައް އެކްސްޕެންޑް ކުރުމޭ. އެމީހުން ހުށަހެޅި ހުށަހެޅުމެއް މިއީ،" ވަލީދު ވިދާޅުވި އެވެ. 

މިއާ ކޮސްމެޓިކްސްގެ ޕްލޭންއަކީ ކޮބާ ؟ ޔޫރަޕާއި މެދުއިރުމަތީގައި މަޝްހޫރުކަން ހޯދާފައިވާ ކޮސްމެޓިކްސް ބްރޭންޑެކެވެ. މިއާ ކޮސްމެޓިކްސް ފުރަތަމަ ފިހާރަ މިމަހުގެ ތެރޭގައި މާލޭގައި ހުޅުވުމަށްފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެގޮތުން ބޭރުން އިންޓަނޭޝަނަލް އާޓިކްސްޓުން ގެނެސްގެން ދިވެހިން  ތަމްރީން ކުރާނެ އެވެ. މި ބްރޭންޑުގެ މައުލޫމާތު ދޭނެ އެވެ. އަދި ރަށްރަށުގައި ޓަކްޝޮޕް މޮޑެލް ތައާރަފު ކުރާނެ އެވެ. މި މޮޑެލްގެ ދަށުން ރަށްރަށުގައި ކުދި ފިހާރަ ހުޅުވަން އެހީތެރިކަން ދޭނެ އެވެ. 

މިއާ ކޮސްމެޓިކްސްގެ އުފެއްދުމެއް

ވަލީދު ވިދާޅުވި ގޮތުގައި މި ބްރޭންޑުން ރާއްޖޭގެ އަށް ރަށުގައި ޓަކްޝޮޕް ހުޅުވުމުގެ ޕްލޭން އޮތްއިރު މި ޕްރޮޑަކްޓުގެ މައުލޫމާތު ހޯދަން ރަށްރަށުން އަންނަ މީހުންގެ ހުރިހާ ހަރަދެއްވެސް މި ބްރޭންޑުން ނަގާނެ އެވެ. 

"މާލެ އަންނަން ޓިކެޓާއި ހުރުން ވެސް ލިބޭނެ. އަދި ޓަކްޝޮޕް ހުޅުވަން ވެސް އެހީތެރިކަން ލިބޭނެ. ތަން ހެދީމަ އިންޓީރިއާ ހަދައިދިނުން ފަދަ އެހީތެރިކަން ލިބޭނެ. އިންވެސްޓް ވެސް ކޮށްދޭނެ. އެކަމަކު އެ ފަރާތާއެކު މިސާލަކަށް ފަސް އަހަރުގެ އެއްބަސްވުމެއް ހަދާނެ. އެ ރަށުގެ އިތުރު ފަރާތަކަށް މި އުފެއްދުމެއް ނުވިއްކާނެ. މި ކަހަލަ ޓާމްސް ތަކެއް ހުންނާނެ،" ވަލީދު ވިދާޅުވި އެވެ.  "މީގެ އިތުރުން ކުއްޔަށް ނަގާ ތަނެއްނަމަ ދެ މަހެއްގެ ކުލިވެސް ދައްކައިދޭނެ." 

ރީޒަނަބަލް އަގެއްގައި ލިބޭނެ

މިއާ ކޮސްމެޓިކްސް ރީޒަބަލް އަގެއްގައި ލިބެން ހުންނާކަމުގެ ޔަގީންކަން އެ ކުންފުނިންދެ އެވެ. މިއާ ކޮސްމެޓިކްސްގެ ބޭނުމަކީ ދިވެހި އަންހެނުން މި ޕްރޮޑަކްޓާއެކު އެމްޕާ ކުރުމެވެ. 

މިއާ ކޮސްމެޓިޖްސް - މިއާ ކޮސްމެޓިކްސް އަކީ އިޓަލީގެ ބްރޭންޑެކެވެ. މި ޕްރޮޑަކްޓް އުފެދިގެން އައީ އިޓަލީގެ ލުއިޖީ ޑިއަމޯއަދި ކޮސްމެޓިކްސް އިންޑަސްޓްރީގެ ޕްރޮފެޝަނަލް ޓީމަކާ ގުޅިގެން އުފެއްދި އުފެއްދުމަކުންނެވެ. މިހާރު މިއީ ދުނިޔޭގައި މަގުބޫލު ބްރޭންޑެކެވެ.

ކޮމެންޓް

1
450
ހެޔޮއެދޭ ފަރާތެއް
7 months ago

ވަލިދުމެން ކަހަލަ ހީވާގި ވިޔަފާރިވެރިން ތިޔަ ކުރައްވާ މަސައްކަތް އަސްސެރިބަހާ ހަމަ ސަބަސް ދެމެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.