"މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަންތައްތަކަކީ ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންނާ ދޭތެރޭގައި." ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ވީތަނެއް ނޭނގި ގެއްލިފައިވާ ކަމަށާއި، ރިޕޯޓަށް ވީ ގޮތެއް ހޯދަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ހދ. ނޭކުރަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުވެގެން ދިޔަ ގޮތް ތަހުގީގު ކުރުމަށްފަހު އެކުލަވައިލި ކޯނީ ރިޕޯޓަކީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށެވެ. އެ ގެއްލުނު މައްސަލަ ބަލާ ތަހުގީގު ކުރުމަށް ފަހު އެކަމުގައި ޒިންމާވާން ޖެހޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކުރީ ދުވަހެއްގެ ޑިބޭޓުގައި [ރިޔާސީ ބަހުސްގައި] ކޮންމެވެސް ބޭފުޅަކު [ކާނަލް ނާޒިމް] ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގެ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ މިހާރު ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ. މިއަދަކު އެއެއް ނެތް. އެކަން ބަލާ ތަހުގީގު ކުރީމަ އެނގޭނެ އޭގެ ޒިންމާވާ މީހާ" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. އެކަމަކު އެ ރިޕޯޓުގައި ބަޔާން ކޮށްފައި ވަނީ އެ ވެރިކަން ނިމިގެން ދިޔައީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ރައީސް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރިމަތިލައިގެން ތިބި ކެންޑިޑޭޓުންނާ ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަންތައްތަކަކީ ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންނާ ދޭތެރޭގައި." ރައީސް ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް އަކީ ބަޣާވާތުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް އެމްޑީޕީން ބުނެ އެވެ. މި މަހުގެ ދެވަނަ ދުވަހުގެ ރޭ ބޭއްވި ރިޔާސީ ބަހުސްގައި ވާހަކަފުޅޔ ދައްކަވަމުން ނާޒިމް ވިދާޅުވެފައި ވަނީ ނާޒިމް އަމަލު ކުރެއްވި ގޮތަކުން ސަރުކާރު ބަދަލުވާން މެދުވެރިވެފައި ނުވާ ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަމަލުކުރީ ގާނޫނާ ހިލާފަށް ނޫން ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި 21 ރޭ ކުރި މުޒާހަރާތަކަކަށް ފަހު ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއަކަށް ފަހު އެވެ. ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އުފެއްދީ ނަޝީދު އިސްތިއުފާ ދެއްވަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި އެއީ ބަޣާވާތެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރާތީ އެކަން ތަހުގީގު ކުރުމަށެވެ.
ރައީސް ސޯލިހް އެހެން ވިދާޅުވި ނަމަވެސް ކޯނީގެ ވެބްސައިޓުގައި ކޯނީ ރިޕޯޓް ފެންނަން އެބައޮތެވެ.
ދައުލަތުގެ ބުޑެތި ސިއްރުތައް މިހެން ވީނުވީއެއްނޭގި ގެއްލެންވެއްޖެނަމަ އެއި ވަރަށްބޮޑު މައްސަލައެއް. ޒިންމާ ވާންޖެހޭ މީހާ އެއްނޫންތަ މިވާހަކަ މި ދައްކަނީ
ޞޯލިޙަކަށް ނޭނގޭނެ ކޯނީގެ ރިޕޯރޓްގައި އަޅައިގެންފަ ވެއްޓުނަސް އެއީ ކޯނީގެ ރިޕޯޓްކަމެއް.