ނާޒިމް ވިދާޅުވީ ރަގަޅަށް ކާބޯތަކެތި ނުލިބޭ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭން ހެޔޮނުވާނެ ކަމަށެވެ. ސިޔާސީ ބޭފުޅުން ރަށްރަށަށް ވަޑައިގެން ދައްކަވާ އެފަދަ ވާހަކަތައް ގަބޫލުނުކުރަން އެދިވަޑައިގަތެވެ.
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް ރައްޔިތުން އުޅޭ ނިކަމެތި ހާލުގެ ސަބަބުން އެ އިހުސާސް ނުކުރެވޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓި (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ތިނަދޫގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެ ސިޓީގައި ދޮރުން ދޮރަށް ހިނގާލުމުން ރައްޔިތުން ވަރަށް ގިނަ ޝަކުވާތައް ކުރި ކަމަށެވެ. އެމީހުން އުފުލަމުންދާ ތަކުލީފުތައް ލޮލުން ފެނުނު ކަމަށެވެ. އެ ސިޓީގައި ގިނަ މީހުން އުޅެނީ ހަމަޖެހިލައިގެން ކާލާނެހާ ވެސް ނުވެގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑާ ބައްދަލުވި އެކަކު މިބުނަނީ ނާޒިމްއޭ މިރަށް ކާޑަށް ޖެހިއްޖެއޭ، މިއަދު ތިމަންނަ މިއުޅެނީ ކާޑު ގަނެލެވޭނެ ގޮތެއް ނެތިގެންނޭ، އެއް ފިހާރައަށް ދިޔާމަ ބުންޏޭ މިފިހާރައަކު ނެތޭ، ދެން ފިހާރައަށް ދިޔާމަ ބުންޏޭ 400 ރުފިޔާއަށް ބަސްތާ ގަންނަންވީއޭ ނޫނީ ދާށޭ، ތިމަންނަ ވަރަށް ބޮޑަށް ވާހަކަ ދައްކައިގެން 300 ރުފިޔާއަށް ލިބޭވަރު ވިޔޭ، ތިމަންނަ ގެޔަށް ގެނެސްގެން ރޮށި ފިހެލައިފީމޭ،" މީހަކު ކުރި ޝަކުވާއެއް ނާޒިމް ހިއްސާ ކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ރަގަޅަށް ކާބޯތަކެތި ނުލިބޭ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭން ހެޔޮނުވާނެ ކަމަށެވެ. ސިޔާސީ ބޭފުޅުން ރަށްރަށަށް ވަޑައިގެން ދައްކަވާ އެފަދަ ވާހަކަތައް ގަބޫލުނުކުރަން އެދިވަޑައިގަތެވެ.
"ތިބޭފުޅުން ވިސްނާލާ، ސިޓީއެއްގެ ދަރަޖަ ދީފައިވާއިރު އެންމެ އާދައިގެ ކާބޯތަކެތި ނުލިބޭ ރަށަކަށް މިރަށް އޮއްވާ މިކަހަލަ ކަންކަން ރަށަކަށް ކުރާކަށް ހެޔޮނުވާނެ. ތިބޭފުޅުން އެބަ ޖެހޭ ވިސްނާލަން ކުލަތަކުން ޖަރީވެގެން މިތަނަށް ދިދަފަތި ދަމާފަ އައިސް ބޭފުޅުން ވާހަކަ ދެއްކީމަ ގަބޫލު ނުކުރައްވާ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކިތަންމެ ބޮޑު ދަރަޖައެއް ދިން ނަމަވެސް އެތަނުގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެފައި ނުވާ ކަމަށެވެ. މިއަދުވެސް އެރަށުގެ މީހުން ސިއްހީ ހިދުމަތްތައް ހޯދަން ވެސް ދާން ޖެހިފައި ވަނީ މާލެއަށް ކަމަށެވެ. އެގޮތަށް މާލެދާ މީހަކު ދުވާލެއްގެ މައްޗަށް 1500 ރުފިޔާ ހަރަދު ކުރާ ކަމަށް ރަށުގެ ރައްޔިތުންނާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ.
"ދުރާ ގާތުން މި ޖަލްސާ ބައްލަވާ ދާއިރާގެ ރައްޔިތުން ވިސްނާވަޑައިގަންނަވާ، ތިބޭފުޅުން ތިތިބީ ހައްގު މިންވަރަކު ނޫން. އަޅުގަނޑުމެން ގޭގެއަށް ގޮސް، ގޭގޭގެ ތެރެއަށް ވަދެ ގޭގެ ބަލަމުންދާ މީހުން، ގިނަ ގޭގޭގަ މިއަދަކު ނެތޭ ސީލިންގު އެޅިފަކާ. ފަންކާ އަނބުރާލީމަ ވާ ހޫނުން އޮބިނޯވޭ. މިހާލުގަ މިއޮތީ،" ނާޒިމް ވިދާޅުވި އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާގަ އެވެ. އެރަށް ސިޓީއަކަށް ބަދަލުކޮށްފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.
ނުކައި ނުބޮއިއެއްނޫން އަހަރުމެން ތިބެނީކީ. ވިއްސާރަ ކަމުން ކާޑުގެ ބާވަތްތައް ލިބެނ ދަތިވެފަ މިވަގުތު އޮތަސް. ދެން މާލެ ގަ އުޅޭ މީހުން ކީއްވެ ކިރިޔާ ކަމެއްވާއިރަށް އިންޑިއާ ލަންކާއަށް އެދަނީ؟ ދެން ބުނަންވީ މާލެ އަކުން ހުރިހާ ކަމެއް ނުވެޔޭތަ؟