ޔުކްރޭންގެ ޑިފެންސް މިނިސްޓަރު މަގާމުން ދުރުކޮށްފި

ޑިފެންސް މިނިސްޓަރު ބަދަލު ކުރުމަށް ޕާލަމެންޓް / ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން އެދެން ޖެހެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އެކަމަށް ތާއީދު ކުރާނެ ކަމަށް ބެލެވެ އެވެ.

މަގާމުން ދުރު ކުރި މިނިސްޓަރު އޮލެކްސީ ރެޒްނިކޯވް

ޔުކްރޭންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޯވް މަގާމުން ވަކިކޮށް، އޭނާގެ ބަދަލުގައި ޔޫކްރޭންގެ މައި ޕްރައިވެޓައިޒޭޝަން ފަންޑުގެ ވެރިޔާ ރުސްޓެމް އުމެރޯފް ޑިފެންސް މިނިސްޓަރު ކަމަށް ގެނައުމަށް ޕާލަމެންޓުގައި އެދި ވަޑައިގަތުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ނިންމަވައިފި އެވެ.

އިއްޔެ ރޭ ޒެލެންސްކީ ވީޑިއޯ ހިތޯބެއް މެދުވެރުކޮށް ކުރެއްވި އިއުލާނަކީ ރަޝިއާއާއެކު ހަނގުރާމައެއް ހިނގަހިނގާ އޮއްވާ ޔޫކްރޭންގެ ދިފާއީ މުއައްސަސާއަށް އަށް ގެންނަ އެންމެ ބޮޑު ބަދަލެވެ.

ނޮވެމްބަރު 2021 ގައި ޑިފެންސް މިނިސްޓަރު ކަމަށް ހަމަޖެއްސި ރެޒްނިކޯވް ވަނީ ހަނގުރާމައިގެ މަސައްކަތަށް އެހީތެރިވުމަށް ހުޅަނގުން އަސްކަރީ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ހޯދަން އެހީތެރި ވެދީފަ އެވެ. 

ނަމަވެސް އޭނާއަށް ހިޔާނާތުގެ ތުހުމަތުތައް އޮވެ އެވެ. އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ޔޫކްރޭންގެ ޑިފެންސް މިނިސްޓްރީ ތެރެއިން ހިންގި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތު އޭނާއަށް އޮއްވަ އެވެ. ހަނގުރާމައިގެ ސާމާނު ހޯދުމާ ގުޅުން ހުރި ހިޔާނާތްތަކުގައި ޒެލެންސްކީ ކުރިން ވެސް ވަނީ އިސް އޮފިޝަލުންތަކެއް ވަކިކޮށްފަ އެވެ. ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވީ ވެސް ކޮރަޕްޝަންގެ ތުހުމަތުތަކާ ކުރިމަތިލާން ޖެހިގެނެވެ. 

"އަޅުގަނޑު ނިންމާފައި މިވަނީ ޔޫކްރޭންގެ މިނިސްޓާ އޮފް ޑިފެންސް ކަމަށް އޮލެކްސީ ރެޒްނިކޯވް ބަދަލުގައި އެހެން ބޭފުޅަކު ގެނައުމަށް... އޮލެކްސީ ރެޒްނިކޯވް ވަނީ 550 އަށް ވުރެ ގިނަ ދުވަހުގެ ފުރިހަމަ ހަނގުރާމައެއް ތަހައްމަލު ކުރައްވާފައި،" ޒެލެންސްކީ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިސްޓްރީއަށް މިހާރު ބޭނުން ވަނީ އަސްކަރިއްޔާއާއި މުޅި މުޖުތަމައާ ވެސް މުއާމަލާތް ކުރުމުގެ އާ ގޮތްތަކާއި އެހެން ފޯމެޓެއް." 

ޑިފެންސް މިނިސްޓަރު ބަދަލު ކުރުމަށް ޕާލަމެންޓް / ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން އެދެން ޖެހެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އެކަމަށް ތާއީދު ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ރައީސް ޒެލެންސްކީ އެ މަގާމަށް ގެންނަވަން ބޭނުންފުޅުވެ ވަޑައިގަންނަވާވ އުމެރޯފް އަށް ރުހުން ދޭނެ ކަމަށް ވެސް އުންމީދު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.