ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ގެންދިއުމުގެ ވިސްނުން އޮތީ މި ސަރުކާރުގަ

ސަރުކާރުން ވަނީ ޓޫރިޒަމް ނެތް ސަރަހައްދުތަކުގައި އެނދުތަކެއް ނެރެން ގިނަ ރަށްތަކެއް ބިޑަށް ލާފަ އެވެ. އަދި ބައެއް ރަށްތައް އެވޯޑުވެސް ކޮށްފައިވެ އެވެ.

ޓޫރިޒަމަށް ބައި ގަރުނު ފުރުން ފާހަގަ ކުރަން ބޭއްވި ހަފުލާއެއްގައި މިނިސްޓަރު މައުސޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ޓޫރިޒަމް

ސަރުކާރުން މިވަނީ އަނެއްކާވެސް ރިސޯޓު ހަދަން އާ ތިން ރަށް ނަރެފަ އެވެ. މިފަހަރު ރަށްތައް ނެރެފައިވަނީ ޓޫރިޒަމް ނެތް ސަރަހައްދުތަކަށެވެ. މިއީ މުޅިރާއްޖެއަށް ޓޫރިޒަމް ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނެރުނު އާ ރަށްތަކެވެ. 

މިފަހަރު ނެރުނު އާ ރަށްތަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "މި" ނޫހަށް ވިދާޅުވީ ޓޫރިޒަމް ނެތް ސަރައްދުތަކަށް ޓޫރިޒަމް ފުޅާ ކުރުމުގެ ވިސްނުން ހުރީ މި ސަރުކާރުގައި ކަމަށެވެ. 

"ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދިއުމުގެ ވިސްނުން ހުރީ މި ސަރުކާރުގަ. އަޅުގަނޑުމެންގެ ރަށްތައް މި ނެރެނީ އެންމެ ބޮޑަށް އެނދު ބޭނުންވާ ކްރިޓިކަލް ވޮލިއުމް ބޭނުންވާ ސަރަހައްދުތައް ބަލައިގެން،" މައުސޫމް ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މި ވިސްނުމުގައި އެންމެފަހުން ނެރެފައިވަނީ ތިލަދުންމަތީ އުތުރުބުރީ (ހއ) މެދަފުށީގެ އިތުރުން މިލަދުންމަޑުލު އުތުރުބުރީ (ށ) ނަލަންދޫ އާއި ކޮޅުމަޑުލު (ތ) ރުއްތިބިރަށެވެ. މި ރަށްތައް ނެރެފައިވަނީ މިހާރު ޓޫރިޒަމް އެންމެ މަދު ސަރަހައްދުތައް ބަލައިގެންނެވެ. 

އަލަށް ނެރުނު ތިން ރަށް

  •  ހއ. މެދަފުށި - ބޮޑު މިން 11 ހެކްޓަރު | ލޭންޑް އެކުއެޒިޝަން ކޮސްޓް 875،00 ޑޮލަރު
  •  ށ. ނަލަންދޫ - ބޮޑުމިން 63.99 ހެކްޓަރު | ލޭންޑް އެކުއެޒިޝަން ކޮސްޓް 1،00،000 ޑޮލަރު
  •  ތ. ރުށްތިބި ބޮޑުމިން 8.41 ހެކްޓަރު | ންޑް އެކުއެޒިޝަން ކޮސްޓް 875،00 ޑޮލަރު

 ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ޖުމްލަ 61,482 އެނދު ހުރިއިރު މީގެތެރޭން 41,713 އެނދަކީ ރިސޯޓުތަކުގައި ހުރި އެނދުތަކެވެ.  އެންމެ އެނދު މަދުން ހުރީ ތ. އަތޮޅާއި ށ. އަދި ހއ. ގަ އެވެ. 

އެނދު މަދު ސަަރަހައްދުތައް

  •  ތ. އަތޮޅު - 2 ރިސޯޓް 246 އެނދު
  •  ހއ. އަތޮޅު - ދެ ރިސޯޓް 446 އެނދު
  •  ހއ. އަތޮޅު - 1 ރިސޯޓް 118 އެނދު

އެހެންވެ ޓޫރިޒަމުން މީގެ ކުރީގައި މި ސަރަހައްދުތަކުގެ ޓޫރިޒަމް އިތުރު ރަށްތަކެއް ނެރެފައިވެ އެވެ. މިހާތަނަށް މި ސަރުކާރުން ނެރުނު ރަށްތަކުގެ ތެރޭން ރަށްތަކެއްގައި ރިސޯޓް ހަދަން އެވޯޑުކޮށްފައި ވެސް ވެ އެވެ. އަދި ރާއްޖޭގައި ނުހެދި ހުރި ރަށްތައް ހަދަން ބާރު އެޅުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ރަށްތައް ހަދަން ފެށޭނެ އިސްލާހުތަކެއްވެސް ގެނެސްފައިވެ އެވެ. 

މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ އަލަށް ނެރޭ ރަށްތަކަށް ތަރުހީބު ރަނގަޅު ކަމަށާ ރަށްތައް އެވޯޑް ކުރި ފަރާތްތަކުން ރަަށްތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. 

"ރަށްތައް ލިބިފައިވާ ބައެއް އިންވެސްޓަރުންގެ ތެރޭގައި އެބަތިބި އާ ފަރާތްތައް. އެ ފަރާތްތަކުން ބޭންކްތަކުން ފައިނޭންސް ހޯދައިގެން ރަށްތައް ހެދުމުގެ މަސައްކަތް ކުރަމުންދަނީ،" މައުސޫމް ވިދާޅުވި އެވެ. 

ކޮމެންޓް

1
450
ތޯމާ
7 months ago

ތ ގަ ރިސޯޓް ގިނަ ކުރަންޖެހޭ އެބަ. ހަމަ އެކަނި މާލެ އަތޮޅާއި އ އަތޮޅެއްނޫން ދޯ ތަރައްގީ ކުރަންވީކީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.