އައިއޯއައިޖީގައި ރާއްޖޭން ހޯދި ކާމިޔާބީ ފާހަގަކުރަން ހަވާ އަރުވަނީ

އެރޭ 9:00 ގައި އެތުލީޓުންނަށް މަރުހަބާ ކިޔުމާއެކު ހަވާ އަރުވާނެ ކަމަށް މަހުލޫފް ވުދާޅުވި އެވެ. މިއީ ގައުމީ އިވެންޓެއް ކަމަށާއި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުންނާއެކު މިނިސްޓަރު މަހުލޫފް --

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވެއްޖެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އައިއޯއައިޖީ 2023 ގައި ދިވެހި އެތުލީޓުން ހޯދި ތާރީހީ ރަން ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނަށް ވީހާވެސް ގިނަ ބަޔަކު ޖަމާވުމަށް އެދޭ ކަމަށެވެ. މިނިސްޓަރު ވަނީ ރަތް ކުލައިން އެތަން ފުރާލުމަށް އެދިވަޑައިގެންފަ އެވެ.

އެރޭ 9:00 ގައި އެތުލީޓުންނަށް މަރުހަބާ ކިޔުމާއެކު ހަވާ އަރުވާނެ ކަމަށް މަހުލޫފް ވުދާޅުވި އެވެ. މިއީ ގައުމީ އިވެންޓެއް ކަމަށާއި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އައިއޯއައިޖީގައި މިހާތަނަށް ރާއްޖެއަށް ވަނީ ގިނަ މެޑަލްތަކެއް ލިބިފަ އެވެ. އެގޮތުން، ޓީޓީ ޑަބަލް އިވެންޓްގައި ފާތިމަތު ދީމާ އާއި އާއިޝަތު ރަފާ ނާޒިމްގެ ޕެއާއިން ވަނީ ރަން މެޑަލް ހޯދާފަ އެވެ. ބެޑްމިންޓަން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ވެސް ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

މިކްސް ރިލޭގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ވަނީ މެޑަލް ހޯދާފަ އެވެ. މި އިވެންޓުން ރާއްޖޭން ވަނީ ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.