ޑަޔާނާއާއެކު އަވަހާރަވި ޑޯޑީގެ ބައްޕަ، މުހައްމަދު އަލް ފާއިދު އަވަހާރަވެއްޖެ

މިސްރަށް އުފަން ބިލިއަނަރު ވިޔަފާރިވެރިޔާ މުހައްމަދު އަލް ފައިދު އަވަހާރަ ވެއްޖެކަން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ބިލިއަނަރު މުހައްމަދު އަލް ފާއިދު

ފްރާންސްގެ ޕެރިހުގައި ޕްރިންސެސް ޑަޔާނާ އާއެކު ކާރު އެކްސިޑެންޓެއްގައި އަވަހާރަވި ޑޯޑީ އަލް ފައިދުގެ ބައްޕާ، މިސްރަށް ނިސްބަތްވެ ވަޑައިގަންނަވާ އިނގިރޭސި ބިލިއަނަރު މުހައްމަދު އަލް ފައިދު އުމުރުފުޅުން 94 އަހަރުގައި އަވަހާރަ ވެއްޖެ އެވެ. 

ލަންޑަންގެ މަޝްހޫރު ހެރޮޑްސް ޑިޕާޓްމަންޓް ސްޓޯރުގެ ކުރީގެ ވެރިޔާ އަދި ޕްރިމިއާ ލީގްގެ ފުލަމް ފުޓްބޯޅަ ކްލަބުގެ ވެސް ކުރީގެ ވެރިޔާ، ބިލިއަނަރު ވިޔަފާރިވެރިޔާ މުހައްމަދު އަލް ފައިދު އަވަހާރަވި އިރު ވެސް ގަބޫލުފުޅު ކުރައްވަނީ އޭނާގެ ދަރިފުޅު ޑޯޑީ އާއި ޕްރިންސެސް ޑަޔާނާ އެކްސިޑެންޓެއްގައި އަވަހާރަވީ ނޫން ކަމަށާއި އޭނާގެ ދަރިފުޅާއެކު ޕްރިންސެސް ޑަޔާނާ އަވާހާރަ ކޮށްލާފައި ވަނީ އިނގިރޭސިވިލާތުގެ މުއައްސަސާތައް ގުޅިގެން ރޭވުމެއްގެ ތެރެއިން ކަމަށެވެ.

މިސްރަށް އުފަން ބިލިއަނަރު ވިޔަފާރިވެރިޔާ މުހައްމަދު އަލް ފައިދު އަވަހާރަ ވެއްޖެކަން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. 

މުހައްމަދު އަލް ފާއިދު - މުހައްމަދު އަލްފާއިދު އުފަންވެވަޑައިގަތީ ޖެނުއަރީ 27، 1929 ގައި މިސްރުގެ އިސްކަންދަރިއްޔާ އަށެވެ. އޭނާއަކީ ސްކޫލް އިންސްޕެކްޓަރެއްގެ ދަރިއެކެވެ. އިޓަލީ އާއި މެދުއިރުމަތީގައި ޝިޕިންއަށް ކުރެއްވި އިންވެސްޓްމަންޓްތަކަށް ފަހު، 1960 ގެ އަހަރުތަކުގައި އިނގިރޭސިވިލާތަށް ބަދަލުވެ، އޭނާގެ މުއްސަނދި ކަމުގެ އެމްޕަޔަރެއް ބިނާކުރެއްވި އެވެ. އޭނާގެ މުއްސަނދިކަން 2.1 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާއަކީ އިނގިރޭސި ވިލާތުގައި 104 ވަނައަށް އެންމެ މުއްސަނދި މީހާ އެވެ.

އަލް ފާއިދު އެންމެ ފުރަތަމަ ސަމާލުކަން ހޯއްދަވާފައި ވަނީ 1980 އިގެ އަހަރުތަކުގައި ލަންޑަންގެ ނައިޓްސްބްރިޖް ސަރަހައްދުގައި ހުންނަ ހެރޮޑްސް ހިމެނޭ ހައުސް އޮފް ފްރޭސާ ގްރޫޕްގެ ކޮންޓްރޯލް ހޯދުމަށް ވާދަވެރި މަހުޖަނު ރޯލަންޑާއެކު ހަނގުރާމަ ކުރެއްވުމުންނެވެ. އަދި 1990 އިގެ އަހަރުތަކުގައި އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލި އިރު ވެސް އަލްފާއިދު މުހިއްމު ދައުރެއް އަދާކުރި އެވެ.

ޑަޔާނާ އާއި ޑޯޑީގެ އެކްސިޑެންޓް


ޕެރިހުގައި 1997 ވަނަ އަހަރު ޕްރިންސެސް ޑަޔާނާއާއެކު ކާރު އެކްސިޑެންޓެއްގައި ދަރިފުޅު ޑޯޑީ އަލް ފާއިދު އަވަހާރަ ވުމާ ގުޅިގެ މުހައްމަދު އަލް ފައިދު ދިރިއުޅުއްވަމުން ގެންދެވީ ހިތާމައާ މާޔޫސް ކަމުގެ ތެރޭގަ އެވެ. އަދި އެ ގެއްލުމާ މެދު ހިތާމަކޮށް، އެ ދެ ބޭފުޅުންގެ މަރުގެ ޒިންމާ އޭނާގެ ތުހުމަތު ތަކުން އަޅުވަނީ އިނގިރޭސި ސަރުކާރުގެ ބޮލު އެވެ. އެކަމާ ޝަކުވާކޮށް ހަނގުރާމަ ކުރެއްވުމުގައި ވެސް އެތައް އަހަރެއް އޭނާ ހޭދަކުރެއްވި އެވެ. 

އަލްފާއިދު ޔަގީން ކުރެއްވި ގޮތުގައި ޑޯޑީ އާއި ޕްރިންސެސް ޑަޔާނާ އަވަހާރަ ކޮށްލާފައި ވަނީ ރާނީ އެލިޒަބަތު ދެވަނައިގެ ފިރިކަލުން ޕްރިންސް ފިލިޕް ރޭވި ރޭވުމެއްގެ ތެރެއިންނެވެ. އޭނާ ގަބޫލު ކުރެއްވި ގޮތުގައި ޝާހީ އާއިލާއިން އެކްސިޑެންޓެއް ރޭވީ މިސްރަށް ނިސްބަތްވާ ބޭފުޅަކާ ޕްރިންސެސް ޑަޔާނާ ގުޅިވަޑައިގަތުން އެ މީހުނަށް ކަމުނުދާތީ އެވެ. އަލްފާއިދު ވިދާޅުވެފައި ވަނީ ޑަޔާނާ އަވަހާރަވި އިރު ބޭފުޅަކަށް އާލާސްކަންފުޅާ އިންނަވައި ޑޯޑީއާ ކައިވެނި ކުރައްވަން ރާއްވަވާފައިވާ ކަމަށާއި ޕްރިންސެސް ޑަޔާނާ މުސްލިމަކާ ކައިވެނި ކުރެއްވުމުން ޝާހީ އާއިލާއަށް އެކަމަނާގެ މޫނު ނުފެންނާނެ ކަމަށެވެ.

މުހައްމަދު އަލް ފާއިދުގެ އަނބިކަނބަލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ދަރިންނާއި ކާފަދަރިން، އޭނާގެ ލޯބިވާ ފިރިމީހާ، ކުދިންގެ ބައްޕަ އަދި ކާފަގެ މުސްކުޅި އުމުރުގައި 30 އޮގަސްޓް 2023 ވީ ބުދަ ދުވަހު މަރުވެއްޖެ އެވެ. 

ދެހާސް އަށް ވަނަ އަހަރުގެ ތަހުގީގުގައި އަލް ފާއިދު ވިދާޅުވެފައި ވަނީ ޕްރިންސްސެއް ޑަޔާނާ އާއި އޭނާގެ ދަރިފުޅު އަވަހާރަ ކޮށްލުމުގައި ފިލިޕްއާއެކު މަސައްކަތް ކުރީ ލަންޑަންގެ ކުރީގެ ދެ ފުލުހުންގެ އިސްވެރިންނާއި ސީއައިއޭ ކަމަށެވެ.

ޕްރިންސެސް ޑަޔާނާ އާއި ޑޯޑީ އަލްފައިދުގެ ހަނދީ ފޮޓޯއެއް

އެ ތަހުގީގު ނިންމާފައިވަނީ ޑަޔާނާ އާއި ޑޯޑީ އަވަހާރަވީ އެމީހުންގެ ޑްރައިވަރު – އަލްފާއިދުގެ ރިޓްޒް ހޮޓަލުގެ މުވައްޒަފެއް – އަދި އެ ދެ ބޭފުޅުންގެ ފަހަތުން ދުއްވި ޕަޕަރާޒީންގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ފްރާންސްގައި ވަކިވަކިން ހިންގި އިންކުއަރީތަކުން ވެސް ނިންމާފައި ވަނީ އެކަމުގައި އެއްވެސް ރޭވުމެއް ނެތް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.