އއ އަތޮޅު ކައުންސިލް ރައީސްއާ ތޮއްޑޫ ދެ މެންބަރުން ޑިމޮކްރެޓްސް އަށް

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އއ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން އަރުސަލްއާ ތޮއްޑޫ ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ އަލީ އާދަމް އަދި އައިޝަތު ޖުނެއިދާ ވަނީ މިއަދު އެ ޕާޓީއާ ގުޅިފައެވެ.

އއ އަތޮޅު ކައުންސިލް ރައީސްއާ ތޮއްޑޫ ދެ މެންބަރުން ޑިމޮކްރެޓްސް ސޮއިކުރުން

އއ އަތޮޅު ކައުންސިލް ރައީސްއާ ތޮއްޑޫ ކައުންސިލްގެ ދެ މެންބަރަކު ދަ ޑިމޮކްރެޓްސް އަށް މިއަދު ސޮއި ކޮށްފި އެވެ.

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އއ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން އަރުސަލްއާ ތޮއްޑޫ ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ އަލީ އާދަމް އަދި އައިޝަތު ޖުނެއިދާ ވަނީ މިއަދު އެ ޕާޓީއާ ގުޅިފައެވެ. ކުރީން މި ބޭފުޅުން ނިސްބަތްވީ އެމްޑީޕީ އަށެވެ.

އެ ތިން ބޭފުޅުން ޑިމޮކްރެޓްސްއާ ގުޅިފައިވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދު އިތުރު ކުރެއްވުމަށް ރައީސް ނަޝީދު މިއަދު ތޮއްޑޫއަށް ވަޑައިގަތް ވަގުތާއި ދިމާކޮށެވެ. އެ ބޭފުޅުން ވަނީ ޑިމޮކްރެޓްސްއާ ގުޅި ޕާޓީގެ މެންބާޝިޕް ފޯމް ރައީސް ނަޝީދާއި ހަވާލު ކޮށްފައެވެ.

އއ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން އަރުސަލްއާ ތޮއްޑޫ ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ އަލީ އާދަމް އަދި އައިޝަތު ޖުނެއިދާ ޑިމޮކްރެޓްސްއާ ގުޅިފައި މިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ޑިމޮކްރެޓްސް ގައި ހުންނެވުމަށް ފަހު ކުއްލި ގޮތަކަށް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ. ޑިމޮކްރެޓްސްއަށް އއ އަތޮޅާއި އދ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލް މެންބަރުން ސޮއިކުރި އެވެ. ނަމަވެސް ބައެއް ކައުންސިލަރުން ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.