ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ހަދަން ބިން ދީފި

ތިލަފުށީގައި ހަދާ މި ތަން ތަރައްގީ ކުރަނީ ބައިނަލްއަގުވާމީ ފެންވަރަށެވެ. މިތަން ނިމުމުން މި ކުޅިވަރު ތަރައްގީ ވެގެންދާނެ އެވެ.

ތިލަފުށީގައި ރޭސިން ޓްރެކް ހަދަން އާބަންކޯއިން ޔޫތު މިނިސްޓްރީއަށް ބިން ހަވާލުކޮށްދެއްވަން ބޭއްވި ރަސްމިއްޔާތު -- އާބަންކޯ

ތިލަފުށީގައި މޮޓޯ ސްޕޯޓްސްއަށް ހާއްސަ އެރީނާއެއް ހަދަން އަބަންކޯ އިން ޔޫތް މިނިސްޓްރީ އަށް ބިމެއް ހަމަޖައްސައިދީފި އެވެ.

އަބަންކޯ އިން ޔޫތް މިނިސްޓްރީ އާއި އެކު ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި މިއަދުވަނީ ސޮއިކޮށްފަ އެވެ. މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް ދޭއްގަ އެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަގެ ބިން މި މަޝްރޫ އަށް ހާއްސަކުރެވިގެންދާނެ އެވެ. 

މި އެއްބަސްވުމުގައި އާބަންކޯގެ ފަރަތުން ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އަހްމަދް އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަހްމަދު އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރޭސިން އެސޯސިއޭޝަނުންވެސް ބައިވެރިވި އެވެ.މި އިވެންޓުގައި އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވަޑައިގަތީ ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ޝާމިހް އެވެ.

މި ހަފްލާފައި ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ވަނީ މި ފުރުސަތުގެ ސަބަބުން ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލު ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިތަން ނިމުމުން އިންޓަނޭޝަނަލް ސްޓޭންޑަޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއާއިއެކު ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ވަނީ މިތަނުގެ ހަމަ އެކަނި ރޭސް ޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެ ކަމަށް އޭނާ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.