ނިއުކުލިއަ ހާމަލާއެއްގެ ޑްރިލެއް އުތުރުން ކުރިޔަށް ގެންގޮސްފި

އުތުރު ކޮރެއާގެ ކަނޑުގެ ސިފައިން ރަނގަޅު ކުރުމަށް ވެސް ކިމް ވަނީ ގޮވާލައްވާފަ އެވެ. އެގައުމުގެ ކަނޑުގެ ސިފައިން ތަރައްގީ ކުރުމަކީ ވަރަށް އަވަސް ބޭނުންފުޅެއް ކަމަށް ލީޑަރު ގެންދަވަނީ ވިދާޅުވަމުންނެވެ.

ނޯތު ކޮރެއާއިން ކުރިޔަށް ގެންދިޔަ ޑްރިލްގައި އުދުއްސި މިސައިލްތައް

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށްދާ އަސްކަރީ ތަމްރީނުތަކަށް އިންޒާރުކޮށް ރައްދެއް ދިނުމުގެ ގޮތުން ދެކުނު ކޮރެއާގެ އަމާޒުތަކަށް ހަމަލާތައް އޮއްސާލައި ދެކުނުގެ ބިން ފަނާ ކޮށްލެވިދާނެ ނިއުކްލިއާ ހަމަލާއެއް އުތުރު ކޮރެއާއިން ސިމިއުލޭޓްކޮށް ޖެހިލުން ކުޑަ ޑްރިލްއެއް ކުރިޔަށް ގެންގޮސްފި އެވެ. 

ޓެކްޓިކަލް މި ޑްރިލްގައި ނިއުލިއަ ވޯހެޑް އުފުލޭ ކުރު ރާސްތާގެ ބެލިސްޓިކް ދެ މިސައިލް ފޮނުވާލާފައި ވެއެވެ.

އުތުރު ކޮރެއާގެ ޕީޕަލްސް އާމީ (ކޭޕީއޭ) ގެ ޖެނެރަލް ސްޓާފުންގެ ފަރާތުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕިއޮންޔަންގް އިން ކުރިއަށް ގެންދިޔަ "ނިއުކްލިއާ ސްޓްރައިކް މިޝަން" ރަނގަޅަށް ބަރާބަރަށް އަމާޒުގައި ކުރިޔަށް ދިޔަ ކަމަށެވެ.

އުތުރު ކޮރެއާގެ ޓެކްޓިކަލް ސިއުލޭޝަން ޑްރިލްއާ ގުޅިގެން ސިހުން ގެނުވާފައިވާ ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) އިން ވެސް ވަނީ މި ކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ މިސައިލްތައް ފޮނުވާލީ ވެރިރަށް ޕިއޮންގްޔަންގް ވަށައިގެންވާ ސަރަހަދުގެ ކޮންމެވެސް ތަނަކުން ކަމަށާއި ގާތްގަނޑަކަށް 360 ކިލޯމީޓަރު (225 މޭލު) އަށް މިސައިލްތައް ދަރުކޮށް އުތުރުން ބޭނުންވާ ގޮތަށް ކޮރެއަން ޕެނިންސުލާގެ އިރުމަތީ އައްސޭރިފަށަށް ވާސިލު ކުރުވި ކަމަށެވެ. 

އުތުގެ ޒައީމް، ލީޑަރު ކިމް މިލިޓަރީ އިސް އޮފިޝަލުންނާއެކު މައުލޫމާތު ސާފު ކުރައްވަނީ

ޖޭސީއެސް އިން ބުނީ އުތުރު ކޮރެއާގެ މި ޑްރިލްއަކީ ބައިނަލްއަގްވާމީ ސުލްހައަށް ނުރައްކާ ބޮޑު އަދި ގަސްދުގައި ހިންގި ރުޅިއެރުވުމެއް ކަމަށެވެ. އަދި ބުނީ އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ޑްރިލްގެ ތަފުސީލުތައް ދެކުނު ކޮރެއާ އާއި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބަލައި ތަހުލީލު ކުރަމުން ގެންދާ ކަމަށެވެ. 

ޓެކްޓިކަލް ސިމިއުލޭޝަން ޑްރިލް ކުއްލި ގޮތަކަށް ލޯންޗު ކޮށްފައި ވަނީ ކޮންމެ އަހަރަކު އެމެރިކާ އާއި ދެކުނު ކޮރެއާއިން ބާއްވާ އުލްޗީ ފްރީޑަމް ޝީލްޑް ތަމްރީނުތަކުގެ ތެރެއިން ސްޓްރެޓެޖިކް ބީ1-ބީ ބޮން ގޮއްވާ ބޯޓުތައް އެމެރިކާއިން އުދުއްސިތާ ގަޑިއެއްހާއިރު ފަހުންނެވެ. 

ޕިއޮންގްޔަންގް އިން ބުނާ ގޮތުގައި ކުރިޔަށް ގެންދިޔަ ޓެކްޓިކަލް ޑްރިލްތަކަކީ ދެކުނުގެ ބިން ފަނާކޮށްލުމުގެ އަރައިގަތުމަށް ދާން ޖެހިއްޖެ ނަމަ އެފަދަ ކަމަށް ތައްޔާރުވާން ކުރާ ރިހާސަލްތަކެކެވެ. އަދި މި ޑްރިލް ސިމިއުލޭޓް ކޮށްފައި ވަނީ ކުއްލި އަރައިގަތުމެއް ފަހަތަށް ޖައްސައި، ރައްދު ހަމަލާ ފަށައި ދެކުނު ބިން ހިފޭ ފެންވަރުގަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގެންދަވަނީ އާ ހަތިޔާރު ތަރައްގީކޮށް އެ ގައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ ޕްލޭން ފުޅާ ކޮށް ކުރިއަށް ގެންދިއުމުގެ ސްޕީޑް އަވަސް ކުރައްވަމުންނެވެ. އަދި މި އަހަރު ޕިއޮންގްޔަންގް އިން ވަނީ ރެކޯޑް އަދަދަކަށް ހަތިޔާރުގެ ޓެސްޓްތައް ހަދާފަ އެވެ. މިދިޔަ ހަފުތާގައި އެގައުމުން ވަނީ އަސްކަރީ ޖާސޫސީ ސެޓެލައިޓެއް އޯބިޓަށް ގެންދިއުމަށް ދެވަނަ ފަހަރަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ދިމާކުރުން މިފަހަރު ކާމިޔާބުވެފައެއް ނުވެއެވެ. އެކަމަކު އުތުރުން ބުނެފައި ވަނީ ކާމިޔާބު ވަންދެން ހިފަހައްޓާނެ ކަމަށެވެ. 

އުތުރު ކޮރެއާއިން އަމިއްލައަށް އަސްކަރީ ޑްރިލްތައް ކުރިއަށް ގެންދާއިރު ދެކުނު ކޮރެއާއާއެކު ހަނގުރާމައަކަށް ދާންޖެހޭ ހާލަތެއްގައި ހަތިޔާރު އެޅި ސިފައިން ތައްޔާރު ކުރުމުގެ މަގުސަދުގައި މި ހަފްތާގެ ކުރީކޮޅު ކިމް ވަނީ ޓްރެއިނިން ކޮމާންޑް ޕޯސްޓަކަށް ޒިޔާރަތް ކުރައްވާ ސިފައިންނަށް ހިތްވަރު ދެއްވާ އަތްތިލަބަޑި ޖައްސަވާފަ އެވެ. 

އުތުރު ކޮރެއާގެ ކަނޑުގެ ސިފައިން ރަނގަޅު ކުރުމަށް ވެސް ކިމް ވަނީ ގޮވާލައްވާފަ އެވެ. އެގައުމުގެ ކަނޑުގެ ސިފައިން ތަރައްގީ ކުރުމަކީ ވަރަށް އަވަސް ބޭނުންފުޅެއް ކަމަށް ލީޑަރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.