ރަނިންމޭޓް ޕްރަގްރާމްގައި ބައިވެރިވެވަޑައިނުގެންނެވީ އަސްލަމްއާ ސަލީމް

މިރޭގެ ޕްރަގްރާމްގައި ބައިވެރިވެވަޑައިގެންފައި ނުވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް މުހައްމަދު އަސްލަމްއާ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރުގެ ރަނިންމޭޓް މާޒް އަހްމަދު ސަލީމް އެވެ.

ރަނިންމޭޓް ނަމުގައި ޕީއެސްއެމް އިން މިރޭ ގެނެސްދިން ޕްރަގްރާމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން މިރޭ ކުރިއަށް ގެންދިޔަ "ރަނިން މޭޓް" ޕްރަގްރާމްގައި ދެ ކެންޑިޑޭޓެއްގެ ރަނިންމޭޓުން ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް އެ ޕްރަގްރާމް ކުރިއަށް ގެންގޮސްފި އެވެ.

މިރޭގެ ޕްރަގްރާމްގައި ބައިވެރިވެވަޑައިގެންފައި ނުވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް މުހައްމަދު އަސްލަމްއާ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރުގެ ރަނިންމޭޓް މާޒް އަހްމަދު ސަލީމް އެވެ.

މިރޭގެ ޕްރަގްރާމްގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ހަސަން ޒަމީލްގެ ރަނިންމޭޓް މަރިޔަމް އަލީމްއާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފްއާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމާއި ފާރިސް މައުމޫންގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފްއާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސައިން އަމްރާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓް ޑރ. އަހުމަދު އަދީލް ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ޕްރަގްރާމްގައި އެކި ދާއިރާތަކުން ރަނިންމޭޓުންނަށް ވަނީ ތަފާތު އެކި ސުވާލުތައް ކުރިމަތިކޮށްފައެވެ. އެ ބޭފުޅުން ވަނީ އެ ދާއިރާތަކުން ގެންގުޅުއްވާ ތަސައްވުރު ހާމަ ކުރައްވާފައެވެ.

ޕީއެސްއެމުން ބުނި ގޮތުގައި މިރޭގެ ޕްރަގްރާމްގައި ދެ ބޭފުޅަކު ބައިވެރިވެވަޑައިނުގެންނެވި ނަަމަވެސް އެހެން ފުރުސަތެއްގައި އެ ދެ ބޭފުޅުންނަށް ފުރުސަތު ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވާނެ އެވެ.

ދެ ކެންޑިޑޭޓެއްގެ ރަނިންމޭޓަކު ނެތި "ރަނިންމޭޓް" ނަމުގައި ޕްރަގްރާމެއް ބާއްވާފައިވާއިރު ގިނަ ކެންޑިޑޭޓުން ބައިވެރިވާން ނިންމި ޕީއެސްއެމް ރިޔާސީ ބަހުސް ވަނީ ކުއްލި ގޮތަކަށް ކެންސަލް ކޮށްފައެވެ. އެ ނިންމުން ދިފާއުކޮށް އެ ސްޓޭޝަނުން ބުނީ ރިޔާސީ ބަހުސް ކެންސަލް ކުރީ ބައެއް ކެންޑިޑޭޓުން ބައިވެރިނުވާތީއާ އެހެން ތާރީހަކަށް ފަސް ކުރެވެން ނެތުމުން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.