ސަލަފުން "ވޯޓު" ނަމުގައި ހާއްސަ ފޯރަމެއް

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމްއާ އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރާއި މަޝްހޫރު ދީނީ އިިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އެވެ.

ޖަމިއްޔަތުއް ސަލަފުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަނަވާ ތިން ބޭފުޅުން: ޝައުގުވެރި އިލްމީ ފޯރަމަކަށް ވާނެ ކަމަށް ބެލެވޭ

ޖަމިއްޔަތުއް ސަލަފުން "ވޯޓު" މި ނަމުގައި ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ޖަމިއްޔާ އިން ބުނި ގޮތުގައި "ވޯޓް" ފޯރަމް އޮންނާނީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ ފޯރަމް ދާރިސް ޓީވީ އާ ސަލަފު ޖަމިއްޔާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ވަގުތުން ދުރަށް ފޮނުވާނެ އެވެ. ފޯރަމް އޮންނާނީ އެރޭ 8:30 ގައެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމްއާ އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އަހްމަދު ސަމީރާއި މަޝްހޫރު ދީނީ އިިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އެވެ.

"ވޯޓު" ނަމުގައި ސަލަފުން ހާއްސަ ފޯރަމެއް ބާއްވަން ނިންމާފައިވާއިރު މި ފަހުން "މިނިވަންކަން" ނަމުގައި ވެސް އެ ޖަމިއްޔާ އިން ވެސް ބޮޑު ދަރުހެއް ބާއްވާފަ އެވެ. ޝައިހް އަހްމަދު ސަމީރު ދެއްވި އެ ދަރުހަކީ މި ފަހުގެ ތާރީހެއްގައި ދިވެހި އިލްމުވެރި އަކު ދެއްވި އެންމެ އިލްމީ ދަރުހެވެ. އެ ދަރުހުގައި ދިވެހީންގެ މިނިވަން ކަމުގެ ތާރީހަށް ވެސް ވަރަށް ފުރިހަމައަށް އަލި އަޅުވާލާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.