ހަފުތާއެއްތެރޭ ގޭސް ލީކުވި ތިން ހާދިސާ: މިއަދު ފިހުނީ ނޮޅިވަރަންފަރު ދެމައިން

ނޮޅިވަރަންފަރުގެ ގޭސް ލީކް ހާދިސާ އައީ މިއަދު ހެނދުނު އިރު އަރައިގެން އައި ވަގުތު އެވެ. މި ހާދިސާ ދެދެ މައިންގެ ހަށިގަނޑުގެ އެކި ދިމަ ދިމާއިން ތަންތަން ފިހިފައި ވެއެވެ.

ނޮޅިވަރަމްފަރު: މި ރަށުގައި މިއަދު ގޭސް ލީކުވެ ދެ މީހަކު ފިހިފައިވޭ

މީގެ ހަ ދުވަސް ކުރީން ދެކުނުން ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ފިހުނު މީހަކު މަރުވި އިރު މިދިއަ ބުރާސްފަތި ދުވު ހުޅުމާލޭ "ހިޔާ އަވަށު" ފްލެޓެއްގެ ބަދިގެއިން ގޭސް ލީކްވެ ހުޅު ރޯވި ހާދިސާއެއްގައި އަންހެނަކު ވަރަށް ބޮޑަށް ފިހި މިހާރު ވެސް ދަނީ ފަރުވާ ދެެމުންނެވެ.

އޭގެ ފަހުން އުތުރުގެ ހދ. ނޮޅިވަރަންފަރުގައި ގޭސް ފުޅިއަކުން ގޭސް ލީކުވެ ކުޑަ ކުއްޖަކާއި މަންމައަކު މިއަދު ވަނީ ފިހިފަ އެވެ.

ނޮޅިވަރަންފަރުގެ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އިރު އަރައިގެން އައި ވަގުތު އުނދުން ރޯކުރަން އުޅުމުގެ ތެރޭގަ އެވެ. މި ހާދިސާ ދެ އަހަރު ކުއްޖާ ހިމެނޭ ގޮތަށް ދެމައިންނަށް އަނިޔާވި އިރު އެ ދެ މައިގެން ވެސް ހަށިގަނޑުގެ އެކި ދިމަ ދިމާއިން ތަންތަން ފިހިފައި ވެއެވެ.

މިހާރު ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގައި އެ ދެމައިންނަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.