ކޮމިއުނިޓީ އާބަން ފާމިންގެ ދެވަނަ ބުރެއް ހުޅުވާލައިފި

ޔުނިޓްތަކުން ގިނަ ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ހިމެނެ އެވެ.

އާބަނކޯއިން އާންމުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރު ކުރަން ހިންގާ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދަން ހުޅުވާލައިފި އެވެ. 

އާބަންކޯއިން ބުނި ގޮތުގައި ބޭނުމަކީ އެ މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުމެއް ވަރުގަދަ ކުރުމާއެކު ކާބޯތަކެތި ފަސޭހަ ކަމާއިއެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށް ދިނުމެވެ.

އެ މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ލޮޓް، ފަސް އަހަރުގެ ދުވަހަށް ކުއްޔަށްދެ އެވެ. އެއިން ބިމަކަށް އެދެވޭނީ ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އާބަންފާމިންގެ އެހެން ޔުނިޓެއް މީގެ ކުރިން ލިބިފައި ނުވާ ނަމަ އެވެ.

  •  673.28 އަކަފޫޓްގެ 12 ލޮޓް ދޫކުރާނެ
  •  އެދެވޭނީ ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހިންނަށް
  •  މަޝްރޫއު ހިންގަނީ ތިން ކެޓަގަރީއަކަށް
  •  ފޯމު ލުން ސެޕްޓެމްބަރު 28 އާ ހަމައަށް

މި މަޝްރޫއު ހިންގަނީ ތިން ކެޓަގަރީއަކަށް، ކޮންމެ ތިން މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުންނެވެ. ފުރަތަމަ ކެޓަގަރީ ފަރުމާ ކޮށްފައި ވަނީ އަންހެނުން ބާރުވެރި ކުރުވާށެވެ. އެގޮތުން ދޫކުރާ ޔުނިޓް ތަކުގެ 50 ޕަސެންޓް އަންހެނުންނަށް ހާއްސަ އެވެ.

ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެވެ. އެ ކެޓަގަރީއަށް 25 ޕަސެންޓް ހާއްސަ ކޮށްފައި ވެއެވެ. ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލާ ކެޓަގަރީއެވެ. އެއީ ވެސް 25 ޕަސެންޓެވެ.

މި ޔުނިޓްތަކުން ތަފާތު ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ހިމެނެ އެވެ.

ޝައުގުވެރިވާ ފަރާތްތައް އާބަންކޯގެ ފޯމް ނަގައި ސެޕްޓެމްބަރު 28 ގައި ފޯމް ލާން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.