ބީއެމްއެލުން ދާރުލްއާސާރު އިތުރަށް ތަރައްގީކޮށްދީފި

ދާރުލްއާސާރަށް ވަންނަ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ގާއިމްކޮށްދީފައި ވެއެވެ.

ރާއްޖޭގެ ގައުމީ ދާރުލް އާސާރު: ބީއެމްއެލް އިން ވަނީ ދާރުލްއާސާރު އިތުރަށް ތަރައްގީކޮށްދީފައި
  •  ރާއްޖޭގެ ފުރަތަމަ އޭޓީއެމް ދާރުލްއާސާރަށް

ދިވެހި ގައުމީ ބޭންކް، ބީއެމްއެލްގެ އެހީގައި ގައުމީ ދާރުލްއާސާރު އަލުން ތަރައްގީކޮށް އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ. 

މި މަސައްކަތަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.  ބީއެމްއެލް އިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީދީފަ އެވެ.   

ދާރުލްއާސާރު ތަރއްގީ ކުރަން ހިންގި ޕްރޮޖެކްޓްގެ ދަށުން ބީއެމްއެލްގެ އެހީގައި ދާރުލްއާސާރުގައި ކުރިން ބަހައްޓާފައިނުވާ އާސާރީތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭ ކުރާނެ އެވެ. 

އަދި ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ވަންނަ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ގާއިމްކޮށްދީފައި ވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓި އޭޓީއެމްވެސް ވަނީ ދާރުލްއާސާރުގައި ބަހައްޓާފަ އެވެ.     

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.