ޔުކްރޭނުގެ ޑްރޯންތަކުން ރަޝިއާގެ އެއާޕޯޓަކަށް ހަމަލާދީފި

ޕްސްކޯވް ސަރަހައްދަށް ކުރިން މިދިއަ މެއި މަހުގެ ފަހުކޮޅު ވެސް ޔުކްރޭނުގެ ޑްރޯންތަކުން ހަމަލާ ދީފައި ވެއެވެ. އަދި ރަޝިޔާގެ ބެލްގޮރޯޑް ސަރަހައްދަށް ޑްރޯން ހަމަލާއެއް ދިނުމުން މިދިޔަ ހަފުތާގައި ތިން މީހަކު މަރުވެފައިވެ އެވެ.

ޕްސްކޯވްގެ އެއާޕޯޓަށް ހަމަލާ ދިނުން މަތިންދާ ބޯޓްތަކުގައި ރޯވެ އަނދަނީ

ރަޝިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕްސްކޯވްގެ އެއާޕޯޓަކަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީ އަސްކަރީ ދަތުރުފަތުރުގެ ދެ ބޯޓެއް ޔުކްރޭނުން ހަލާކު ކޮށްލައިފި އެވެ. 

މި ހަމަލާގައި އަލިފާން ރޯވެފަ އިވަނީ އިލްޔޫޝިން 76 ގެ އަސްކަރީ ޓްރާންސްޕޯޓް ބޯޓުތަކެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ސިޓީގެ ގަވަރުނަރު ވިދާޅުވީ އަސްކަރިއްޔާއިން ގެންދަނީ އެ ހަމަލާއަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އޭނާ  އަޕްލޯޑް ކުރި ވީޑިއޯއަކުން ފެންނަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިއިރު އެއާޕޯޓްގައި ބާރުގަދަ ގޮވުމެއް ގޮވާ ތަނެވެ. އަޑުފައްގަނޑުވެސް އިވެއެވެ.

ސިޓީ، ޕްސްކޯވް އަކީ ޔޫކްރޭން އާއި 600 ކިލޯމީޓަރަށް ވުރެ ދުރުގައި އޮންނަ ރަށެކެވެ. އެއީ އެސްޓޯނިއާގެ ބޯޑަރާ ކައިރި އެވެ.

މި ހަމަލާ އަކީ ޔުކްރޭނުން ދިން ހަމަލާއެއް ކަމަށް ރަޝިޔާ ބުނާއިރު އެ ހަމަލާ އަކީ ޔޫކްރޭނުން ދިން ހަމަލާއެއް ކަމަށް އެ ގައުމުން ބުނެފައެއް ނުވެއެވެ. ރަޝިޔާގެ އެތެރޭގައި ދޭ ހަމަލާތަކާ ގުޅޭ ގޮތުން ޔޫކްރޭނުން ވާހަކަ ދައްކަނީ ވެސް ވަރަށް މަދުންނެވެ. އެކަމަކު ފާއިތުވި ހަފުތާތަކުގައި ޔުކްރޭނުން ވަނީ ރަޝިޔާގެ އެތެރޭގެ އަމާޒުތަކަށް ހަމަލާ ދޭން ގޮވާ ޑްރޯންތައް ބޭނުން ކުރުން އެތައް ތަނެއް އިތުރު ކޮށްފަ އެވެ.

"ޕްސްކޯވްގެ އެއާޕޯޓަށް ހަމަލާއެއް ދިނުމުން ފެންސް މިނިސްޓްރީން ދަނީ ފިޔަވަޅުތައް އަޅަމުން" ޕްސްކޯވްގެ ސަރަހައްދީ ގަވަރުނަރު މިހައިލް ވެޑަނިކޯވް ޓެލެގްރާމްގައި ވިދާޅުވި އެވެ.

އެ ހަމަލާ ދިން ސަރަހައްދުގައި އޭނާ ފަހުން ވަޑައިގެން ހުންނެވި ކަމަށް އިޝާރާތް ކުރައްވާ ވެޑަނިކޯވް އިތުރަށް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ކުއްލި ހާލަތުގެ ހިދުމަތްތަކާ ހަވާލާދީ ރަޝިޔާގެ ނޫސް އެޖެންސީން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އިލިއުޝިން 76 (އިލް-76) ގެ ހަތަރު މަތިންދާބޯޓެއްގައި ރޯވެ އަނދާފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ބޯޓެއް ގޮވާފައިވާ ކަމަށެވެ.

ޕްސްކޯވް ސަރަހައްދަށް ކުރިން މިދިއަ މެއި މަހުގެ ފަހުކޮޅު ވެސް ޔުކްރޭނުގެ ޑްރޯންތަކުން ހަމަލާ ދީފައި ވެއެވެ. އަދި ރަޝިޔާގެ ބެލްގޮރޯޑް ސަރަހައްދަށް ޑްރޯން ހަމަލާއެއް ދިނުމުން މިދިޔަ ހަފުތާގައި ތިން މީހަކު މަރުވެފައި ވެއެވެ.  

ކޮމެންޓް

1
450
ނަންނި - ލަންޑަން
7 months ago

މިހާރު ދެން ހުއްޓާލަންވެއްޖެ އެއްނު ތިކަންތައް. ހަނގުރާމައެއް ކޮއްފިއްޔާ އެގައުމެއް ސުންނާފަތި ނުވަނީސް ހުއްޓާ ނުލަން އުޅޭހެން ހީވަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.