ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލް ކޮށްފި

2018 ވަނަ އަހަރުގެ ރިޔާސީ ބަހުސް ގައި ވެސް ރައީސް ސޯލިހް ބައިވެރިވެވަޑައިނުގަތެވެ. ސަންގު ބަހުސްގެ ދައުވަތު ވެސް ރައީސް ގަބޫލުފުޅެއް ނުކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވާ ނިންމި ރިޔާސީ ބަހުސް އެންމެ ފަހު ވަގުތު ކެންސަލް ކޮށްފި އެވެ.

އެ ބަހުސް ކެންސަލް ކޮށްފައި މިވަނީ އެމްޑީޕީ އިން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ބާއްވާ ބޮޑު ޖަލްސާ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ބާއްވަން ނިންމާ ބަހުސް އެހެން ދުވަހަކަށް ފަސްކޮށްދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން އެދިވަޑައިގެންފައި ވަނިކޮށެވެ.

ރިޔާސީ ބަހުސް ވެސް އޮތީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.

ޕީއެސްއެމުން ނެތުނު ބަޔާނެއްގައި ބުނެފައި ވަނީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެން ނެތުން ބަހުސް ބާއްވާ ތާރީހު ބަދަލު ކުރުމަކީ ކެމްޕެއިނަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއްް ކަމުން ބަހުސް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި ސަންގު ޓީވީއާ ގުޅިގެން އެ ސްޓޭޝަން ބާއްވަން ނިންމާފައިވާ ބަހުސް ގެނެސް ދިނުމަށް އިންތިޒާމުތައް ކުރަމުންދާ ކަމަށް ބުންޏެވެ.

ރައީސްގެ ކެމްޕެއިން ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހުއްދަ ދިނުމާ ގުޅިގެން ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ޖަލްސާ އިއުލާނުކުރެއްވުމުން ނޫސްވެރިއަކު ވަނީ ބަހުސް ކުރިއަށް ދާތީ ފުށުއެރުން އަރާނެތޯ ސުވާލު ކުރައްވާފަ އެވެ. މާރިޔާ ވިދާޅުވީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، އެރޭ ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ. އެއީ މާ ކުރިން ވެސް ޝެޑިއުލްކުރެވިފައިވާ ކަމަށެވެ.

"އޭގަ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަބަދުވެސް ބުނަން ޑޭޓްސްތައް ކުރިން ދެއްވާށޭ. އަޅުގަނޑުމެން ވަރަށް ކުރިން އެކެއް ސެޕްޓެމްބަރުގަ ޖަލްސާ ބާއްވަން ރާވާފަ އޮތީ،" މާރިޔާ ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ ބަހުސް ގައި ވެސް ރައީސް ސޯލިހް ބައިވެރިވެވަޑައިނުގަތެވެ. ސަންގު ބަހުސްގެ ދައުވަތު ވެސް ރައީސް ގަބޫލުފުޅެއް ނުކުރެއްވި އެވެ.

ކޮމެންޓް

1
450
ރުހޭ
7 months ago

އެންމެ އިންތިޒާރު ކުރި އެއްކަންތައް މީ، ވަރަށްދެރަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.