ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް އެހެން ކެންޑިޑޭޓުން ދަނީ ތުހުމަތު ކުރައްވަމުންނެވެ. އެކަމަކު ރައީސްގެ ކެމްޕެއިން ޓީމުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ވޯޓުގެ ސިއްރުކަން ނަގާލަން ވަކި ކުލައެއްގެ ގަލަމަކުން ފާހަގަޖަހަން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލްކެޝަން ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާއިފި އެވެ.
އެމްއެންޕީގެ ފަރާތުން އީސީގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ އިންތިހާބުގައި ވޯޓުގެ ސިއްރުކަން ގެއްލިގެން ހިނގައިދާނެ ފަދަ ބައެއް އަމަލުތައް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކުރަން އުޅޭ ކަމުގެ ޝަކުވާތައް އެޕާޓީއަށް ލިބެމުންދާ ކަމަށެވެ.
ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ކުލައެއްގެ ގަލަމަކުން ފާހަގަޖަހަން މަޖުބޫރުކުރަމުން ދާއިރު، އެފަދަ ކަމެއް ހިނގައިދިނަމަ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުގެ ސިއްރުކަން ގެއްލުގެންދާނެ ކަމަށް އެ ޕާޓީން ބަޔާންކޮށްފައިވެ އެވެ.
ސިޓީގައި ދެން ފާހަގަކޮށްފައިވާ ކަމަކީ އެޕާޓީން ނެރެފައިވާ ކެންޑިޑޭޓް ގާނޫނާ އެއްގޮތަށް ކެމްޕޭނު ކުރަމުންދާއިރު، ކެމްޕޭނުތެރޭގައި ތާއީދު ހޯދަން ބައެއް ކެންޑިޑޭޓުން ދައުލަތުގެ ރިސޯސްތައް ގާނޫނާ ހިލާފަށް ބޭނުންކުރަމުންދާ ކަމެވެ.
"ބައެއް ކެންޑިޑޭޓުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާއިރު، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށާއި ސިޓީ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެތަންތަނުގެ ވަސީލަތްތައް ކެމްޕެއިންގައި ބޭނުންކުރަމުން ދިއުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާފަދަ މިނިވަން، އިންސާފުވެރި، ހަމަހަމަ އިންތިހާބެއް ބޭއްވުމަށް އެޅިފައިވާ ހުރަހެއް ކަމަށް މިޕާޓީން ދެކެން،" އެމްއެންޕީގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އެމްއެންޕީން އެދިފައި ވަނީ ރިޔާސީ އިންތިހާބަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް އަދި ނުރަގަޅު ނުފޫޒެއް ނެތި މިނިވަންކަމާއެކު ބޭއްވޭ އިންތިހާބެއްކަން ކަށަވަރުކޮށްދިނުމަށެވެ. އެ ޕާޓީން ހުށަހެޅި ކަންތައްތައް ބަލައި އަވަހަށް ފިޔަވަޅު އަޅައިދީ އަދި މި ކަންކަމާ ގުޅިގެން މަޝްވަރާ ކުރުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް އަވަހަށް ބޭއްވުމަށް އެދިފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް އެހެން ކެންޑިޑޭޓުން ދަނީ ތުހުމަތު ކުރައްވަމުންނެވެ. އެކަމަކު ރައީސްގެ ކެމްޕެއިން ޓީމުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ފާހަގަ ޖަހަން އިންނަނީ ކަޅު އަދި ނޫކުލައިގެ ގަަލަމަކުން ނޫންތަ؟ ދެން ގުނަންތިބޭ މީހުންނަށް ވަކި ވަކިން ފާހަގަތައްބަލާ ގަލަމުގެ ކުލަ ވަކި ކުރަން ތިބެވޭތަ. މޮޔަގޮވަން ނޫޅޭ