"އެލައިޑް ފެސްޓް" އަންނަ ހޮނިހިރުގައި

ކުޅިވަރުގެ އިތުރުން އެ ކުންފުނީގެ އިންޝުއަރެންސްގައި ހިމެނޭ ލައިފް އެންޑް ފެމިލީ ޕްލޭންތަކާއި ބެހޭ މައުލޫމާތު ބެލެނިވެރިންނަށް ފޯރު ކޮށްދޭނެ އެވެ.

އެލައިޑް އިންޝުއަރެންސް އިން ކުޑަކުދިންނަށް ހާއްސަކޮށް ބާއްވާ "އެލައިޑް ފެސްޓް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއީ އެލައިޑުގެ "އެލައިޑް ފެސްޓް" ބާއްވާ ދެވަނަ އަހަރެވެ. 

މި ފެސްޓިވަލް ބާއްވަނީ ހޮނިހިރު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6؛00 އަށެވެ. ފެސްޓިވަލް ކުރިޔަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ކުރިޔަށް ގެންދާނެ އެވެ. އެ ގޮތުން ބައެއް ކުޅިވަރުތަކުގެ ތެރޭގައި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާރްޓް ކޯނާ އެއް ހިމަނާފައި ވެއެވެ.

ކުޅިވަރުގެ އިތުރުން އެ ކުންފުނީގެ އިންޝުއަރެންސްގައި ހިމެނޭ ލައިފް އެންޑް ފެމިލީ ޕްލޭންތަކާއި ބެހޭ މައުލޫމާތު ބެލެނިވެރިންނަށް ފޯރު ކޮށްދޭނެ އެވެ. އަދި މި ފެސްޓިވަލުގެ ތެރޭގައި ލަކީޑްރޯއެއް ވެސް ކުރިއަށް ދާނެ އެވެ. އެ ލަކީޑްރޯގައި ގުރުއަތުން ހޮވޭ ތިން ކުއްޖަކަށް ހަދިޔާއެއް ވެސް ދޭނެ އެވެ.

އެލައިޑް އިންޝޫރެސްއިން ކުރީ އަހަރު ބޭއްވި "އެލައިޑް ފެސްޓް" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވެއެވެ.

ކޮމެންޓް

1
450
ލީމާ
8 months ago

އަސްލު ވަރަށް ބޭނުންތެރި ކަމެއެއްމީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.