ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް ރިޔާސީ ކެންޑިޑޭޓް ހަސަން ޒަމީލްއާ އަހްމަދު ފާރިސް މައުމޫންގެ ފަރާތްޕުޅުން ހުރިހާ ލިސްޓެއްގައި ވަނީ ސޮއިކުރައްވާފައެވެ.
ރިޔާސީ އިންތިހާބު 2023 ގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގައި ތިން ކެންޑިޑޭޓެއްގެ ފަރާތުން ސޮއި ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގައި ސޮއިކުރަން ކެންޑިޑޭޓުންނަށް ތިން ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު މިރޭ 10:00 އަށް ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް / ތަރުޖަމާން އިސްމާއީލް ހަބީބު "މި" ނޫހަށް ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ނޭޝަނަލް ޕާޓީ އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިޓްގައި ސޮއިކުރަމުން ގެންދެއެވެ. ލިސްޓުތައް ފޮނުވަންޖެހޭ މަރުކަޒުތަކަށް ފޮނުވުމަށްޓަކައި ޕެކް ކުރުމުގެ މަސައްކަތް މާދަމާ ކުރިޔަށް ދާނެ ކަމަށާ ވޯޓުކަރުދާސް ޗެކްކޮށް ޕެކް ކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިޔަށް ދާ ކަަމަށް ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް ރިޔާސީ ކެންޑިޑޭޓް ހަސަން ޒަމީލްއާ އަހްމަދު ފާރިސް މައުމޫންގެ ފަރާތްޕުޅުން ހުރިހާ ލިސްޓެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މިރޭ 10 ގެ ފަހުން އެ ފުރުސަތު ބަންދު ކުރާނެ ކަމަށާ އެ ވަގުތާއި ހަަމައަށް ލިސްޓްގައި ސޮއި ނުކޮށް ނުނިމުނަސް އިތުރު ވަގުތު ދޭން ނިންމާފައި ނުވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަ ކުރެއެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ ފަހަރެވެ.