ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ

ރިޔާސީ ބަހުސްގައި ރައީސަށް ބައިވެރިވެވަޑައިގަނެވޭނީ ކެމްޕޭނު ދަތުރުތަކުގެ ތެރެއިން ވަގުތު ލިބިއްޖެނަމަ ކަމަށް މާރިޔާ ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ --

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އިންތިޒާމް ކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަހުސްގައި ރައީސަށް ބައިވެރިވެވަޑައިގަނެވޭނީ ކެމްޕޭނު ދަތުރުތަކުގެ ތެރެއިން ވަގުތު ލިބިއްޖެނަމަ ކަމަށް މާރިޔާ ކުރިން ވިދާޅުވެފައިވެ އެވެ. އެކަމަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަން ޔަގީންކޮށްދެއްވާފަ އެވެ.

މާރިޔާ މިއަދު ވިދާޅުވީ ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ އެއީ އިލްމީ ބަހުސަކަށްވާތީ ކަމަށެވެ. އެތަނުގައި ބަހުސްކުރައްވާނީ ދިރާސާތައް ކޮށްގެން ޕޮލިސީތަކާ ގުޅޭ ގޮތުން ކަމަށްވާތީ ކަމަށެވެ. އެކަމަކު ވަކިވަކި މީޑިއާތަކުން ބާއްވާ ބަހުސްތަކުގައި ރައީސް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރާ އިސްތިހާރުވުމަށްޓަކާ ކުރާ ބަހުސްތަކަކީ ރައީސް އެގޮތަށް ގަބޫލުކުރައްވާ ކަމަކަށްވުރެ، ރައްޔިތުން ގާތަށް ވަޑައިގަތުމަށް މުހިންމުކަން، އިސްކަން ދެއްވާނެ. އެއީ އެއްގޮތަކަށް ވެސް މީޑިއާއަށް ދެރަ ބަހެއް ދަންނަވާކަށް ނޫން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ ރައީސްގެ ކެމްޕޭނު ދަތުރުތަކުގެ ކަވަރޭޖް ވަރަށް ކައިރިން މީޑިއާތަކުން ގެނެސްދެމުން ދާތީ ޝުކުރު ދަންނަވާފަ އެވެ. ހާއްސަ ގޮތެއްގައި މާރިޔާ ފާހަގަކުރެއްވީ މާލެ ސިޓީ ކައުންސިލުން އެމްޑީޕީގެ ޖަލްސާއަށް ހުއްދަ ނުދޭން ހިފަހައްޓާފައި ވަނިކޮށް މީޑިއާއިން އެކަން ހާމަކުރުމުން މިހާރު ޖަލްސާ ބާއްވަން ކައުންސިލުން ހުއްދަ ދީފައިވާ ކަމެވެ. މާރިޔާ ވިދާޅުވީ ޖަލްސާ ބާއްވަން ހުއްދަ ލިބުނީ ވެސް މީޑިއާގެ ސަބަބުން ކަމަށެވެ.

ޕީއެސްއެމް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވާ ރިޔާސީ ބަހުސް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ 9:00 ގައެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ގިނަ ކެންޑިޑޭޓުން ވަނީ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.