ތޮއްޑޫން ކެނޑި 100 ގޯތި ހަވާލު ކުރަން ފަށައިފި

ތޮއްޑޫ ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. މި މަސައްކަތުގެ ދަށުން އޯޕަން އެކްސްސެސް ނެޓްވޯކު އަޅަންވެސް ނިންމާފައިވެ އެވެ.

އއ. ތޮއްޑޫން ގޯތި ދޫކުރި ސަރަހައްދު
ގޯތި ލިބުނު މީހަކަށް ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ރަޖިސްޓްރީ ހަވާލު ކުރައްވަނީ

އއ. ތޮއްޑޫން ކެނޑި ގޯތިތައް ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރަން ފަށައިފި އެވެ. 

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ކުރިން ދޫކުރި 100 ގޯތީގެ މައްސަލަ ކޯޓުން ނިމުމާއެކު ގޯތިތައް ހައްގުވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޭން ފަށާފައިވާ ކަމަށެވެ. 

"މިހާރު ބައެއް ފަރާތްތަކަށް ރަޖިސްޓްރީގެ ލިޔުންވެސް ވާނީ ހަވާލުކޮށްފަ. އެކަން ވަރަށް އަވަހަށް ނިންމާލަން މަސައްކަތް މިިކުރަނީ،" ކަރަމް ވިދާޅުވި އެވެ. 

ލޭންޑް ޔޫސް ޕްލޭން ހަދައި އެ ޕްލޭނުގައި ގޯތިދޫކުރަން ކަނޑައެޅި ސަރަހައްދުން ދޫކުރި ގޯތިތަކުގެ ސައިޒަކީ 3،000 އަކަފޫޓެވެ. މީގެ އިތުރުންވެސް ކައުންސިލުން ދަނީ އިތުރު 200- 250 އާ ދެމެދު އަދަދަކަށް ގޯތިދޭން ތައްޔާރު ވަމުންނެވެ. 

ކަރަމް ވިދާޅުވީ އެރަށަކީ ރާއްޖޭގެ ރަށްތަކަށްވުރެ ނިސްބަތުން ބޮޑު ރަށެއް ނަމަވެސް ގިނަ އަދަދެއްގެ ގޯތި ދޫކުރުމަކީ ގޮންޖެހުންތައް ހުރި ކަމެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަންކަން ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ތޮއްޑޫއަކީ ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް ރަށު ތަރައްގީގެ ޕްލޭނެއްގެ ދަށުން ހިންގަމުން ގެންދާ ރަށެވެ. މި ރަަށުގެ ކަންކަން ބަލަހައްޓަން ކައުންސިލް ކުންފުންޏެއް އުފައްދައި އެ ކުންފުންޏަށް ވަނީ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފަ އެވެ. 

ތޮއްޑޫ ކުރިމަތިލާ ބަދަލު

  •  ތޮއްޑޫ ސްމާޓް ސިޓީ މަޝްރޫއު
  •  ރަށުގެ ހާއްސަ ގަސްތަން ހިމާޔަތް ކުރުން
  •  ރަށުގެ ތާރީހީ ސަރަހައްދުގައި މިއުޒިމް ޕާކެއް
  •  ދަނޑުވެރިކަމުގެ މޫނުމަތި ބަދަލުކޮށްލާނެ ސްމާޓް ފާމިން
  •  ދަނޑުވެރިކަމަށް ދިގު މުއްދަތަށް ބިން ދިނުން
  •  ދަނޑުވެރިންނަށް ހާއްސަ ފެން ޕްލާންޓު ބެހެއްޓުން
  •  ރަށުގައި އިމާރާތް ކުރެވޭނެ އުސްމިން 60 ފޫޓު
  •  ތޮއްޑޫ ބިމުގެ އަގު މަތިކުރަން އަމިއްލަ ކުރާ އަގު ބޮޑުކުރުން
  •  އަހަރެއްގެ ތެރޭގައި ތޮއްޑޫގައި 3000 އެއްހާ ޓޫރިސްޓުން
ތޮއްޑޫ - އއ. ތޮއްޑޫއަކީ 172.6 ހެކްޓަރުގެ ބޮޑު ރަށެކެވެ. މި ރަށުގެ އާބާދީއަކީ 2,058 އެވެ. މިރަށަކީ ކަރާ ހެއްދުމަށް މުޅިރާއްޖެ އަށް މަޝްހޫރުވެފައިވާ ރަށެކެވެ. މިރަށަކީ ޒަމާންވީ އާޘާރީ ތަންތަންހުރި ރަށެއްކަން ތާރީހުން އެނގެ އެވެ. މިގޮތުން ގިނަދުވަސްތަކެއްވެފައިވާ، ހުކުރު މިސްކިތެއް ހުރެ އެވެ. އަދި "ތޮއްޑޫ ދާގަބާ" ގެ ގޮތުގައި ބޭނުންކުރި ސަރަޙައްދަކީ މިހާރުވެސް އާޘާރީ ތަނެއްގެގޮތުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.