އެމްޑީޕީގެ ވައުދެއް | ރިސޯޓް އިސް މަގާމުތަކުގެގެ 50 ޕަސެންޓު ދިވެހިންނަށް

ރިޒޯޓުތަކުގެ މަތީ މަގާމުތަކުގެ 50 ޕަސެންޓް ދިވެހިންނަށް ހާއްސަކުރަން އަމާޒެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން ފަސް އަހަރު ތެރޭގައި 500 ދިވެހިންނަށް ލީޑާޝިޕް ތަމްރީން ދޭނެ އެވެ.

ދިވެހިންގެ ގިނަ ބަޔަކު އިސް މަގާމުތަކެއްގައި ތިބި ކޮކޫން މޯލްޑިވްސް ރިސޯޓުގެ ދެ މުވައްޒަފުން -- މި

ރާއްޖޭގެ ޓޫރިޒަމްގައި މިހާރު ގިނައީ ބިދޭސީންނެވެ. ވަޒީފާ ހޯދަން އެތައް ދިވެހިންނަށް ކިޔޫގައި ތިއްބަސް ދިވެހިންނަށް ވަޒީފާ ނުދޭ ކަމަށް ގިނަ ޝަކުވާ ތަކެއް އޮވެ އެވެ. މައިގަނޑު ސަބަބަކީ ރިސޯޓުތަކުގެ ސީނިއާ މަގާމުތަކުގައި ބިދޭސީން ތިބުމެވެ. އެހެންވެ މިކަން ބަދަލުކޮށް، އެ މަގާމުތައް ދިވެހިންނަށް ހޯދައިދޭނެ ކަމުގެ ވައުދެއް އެމްޑީޕީން ކޮށްފި އެވެ. މި ވައުދުގައިވާ ގޮތުންނަމަ ފަސް އަހަރުތެރޭ 500 ވެރިން އުފައްދާނެ އެވެ. 

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރެފައިވާ މެނިފެސްޓޯގެ އިގްތިސޯދީ ބަިއިގެ ޓޫރިޒަމަށް ހާއްސަކޮށްފައިވާ ވައުދުތަކުގައިވާ ގޮތުން މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތައް ކަނޑައަޅައި، ރިޒޯޓުތަކުގެ މަތީ މަގާމުތަކުގެ 50 ޕަސެންޓް ދިވެހިންނަށް ހާއްސަ ކުރުމުގެ އަމާޒެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފަސް އަހަރު ތެރޭގައި 500 ދިވެހިންނަށް ޓޫރިޒަމް ދާއިރާގެ ލީޑަޝިޕް ސްކޮލަޝިޕްތައް ފޯރު ކޮށްދޭނެ އެވެ. 

މި ބަލާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ދިވެހި ޓޫރިޒަމްގެ ވެރިންގެ ގޮތުގައި ދިވެހިން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ޓޫރިޒަމް ދާއިރާއަށް ދިވެހިން ތަމްރީންކޮށް ނެރުމާއި ދިވެހިން އުފެއްދުމާއި ރިސޯޓުވެރިންނަށް ދިވެހިން އުފެއްދުމަކީ ތާއަބަދު ދައްކާ ވާހަކައެކެވެ. ނަމަވެސް ރިސޯޓުތައް ގިނަވެ އެނދު އިތުރު ވިޔަސް މިކަންކަން ކުރަން އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުގައި ޓޫރިޒަމްގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު މަދުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

ޓޫރިޒަމް ދިވެހިންނަށް ނަޒަރެއް - ސްޓެޓިސްޓިކް ބިއުރޯ އިން ކޮވިޑު-19 ގެ ބަލީގެ ކުރީގައި ހެދި ސާވޭ ދައްކާ ގޮތުގައި އޭރު ޓޫރިޒަމް ދާއިރާގައި މަަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ އަދަދަކީ 44,954 އެވެ. މީގެތެރޭގައި ހިމެނޭ ދިވެހިންގެ އަދަދަކީ 21،332 އެވެ. އަދި ބިދޭސީންގެ އަދަދަކީ 23،622 އެވެ. އަދި މިދިޔަ އަހަރު ހެދި ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގައި ޖުމްލަ މަސައްކަތް ކުރަނީ 52,396 މީހުންނެނެވެ. މީގެތެރޭން މަސައްކަތްކުރާ ބިދޭސީންގެ އަދަދަކީ 36,707 އެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދަކީ 15,689 އެވެ. ކޮވިޑަށްފަހު ޓޫރިސްޓު ރިސޯޓާއި އެނދު ގިނަވިނަމަވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު ވަނީ 5,643 މީހުން މަދުވެފަ އެވެ. މީގެ ބަދަލުގައި ބިދޭސީންގެ އަދަދު ވަނީ 13,085 މީހުން އިތުރުވެފަ އެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.