ތިމާވެއްޓަށް ގެއްލުންވާނެހެން ކެމްޕޭނު ނުކުރަން އެދިއްޖެ

އީޕީއޭ އިން ބުނީ ޖަނަވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލުމާއި، ކެމްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް ކުނީގެގޮތުގައި އުކާލާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރަށެއްގައި ކެމްޕޭނަށް ދިދައާއި ފޮތި ދަމާފައި: ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކެމްޕޭނު ހަރަކާތްތައް ނުހިންގުމަށް އީޕީއޭ އިން ވަނީ އެދިފައި --

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ކުރަމުންދާއިރު ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ގެއްލުންވާ ގޮތަށް ހަރަކާތްތައް ހިންގާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެގޮތަށް ކަންކަން ނުކުރުމަށް އެދިއްޖެ އެވެ.

އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނު ހަރަކާތްތައް ހިންގާއިރު ބައެއް ރަށްރަށުގައި ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްގަހާގެއްސަށް ގެއްލުންވާ ގޮތަށް މޮހޮރުފަދަ ތަކެތި ޖަހައި ކެމްޕެއިން ބެނާ އަދި ފޮތިފަދަ ތަކެތި ހަރުކުރާކަން ފާހަގަވެފައިވާ ކަމަށެވެ. 

އީޕީއޭ އިން ބުނީ ޖަނަވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލުމާއި، ކެމްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް ކުނީގެގޮތުގައި އުކާލާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އެކި އިވެންޓްތަކުގައި ގިނަ ޢަދަދަކަށް ސިންގަލް-ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުމަށްފަހު ކުނީގެ ގޮތުގައި އުކާލައި، އެ ތަކެތި ރަނގަޅަށް މެނޭޖް ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

"ރާއްޖެ އުފެދިފައިވާ ގޮތުންނާއި، ރަށްތަކުގެ ރައްކާތެރިކަމަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ، ރަށްރަށުގެ ވަށައިގެން ގުދުރަތީގޮތުން އުފެދިފައިވާ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާގޮތަށް، ފަރުތައް ތޮރުފާ ނުވަތަ ހަލާކުކޮށްގެން، ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރަމުންދާކަން ވެސް ފާހަގަކުރެވިފައިވޭ،" އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ވަނީ ސިޔާސީ ޕާޓީތަކުންނާއި ކެޕްމެއިން ހަރަކާތްތައް ހިންގާ އެންމެހާ ފަރާތްތަކުން މި ކަންކަމަށް ސަމާލުކަން ދީ، އެފަދަ ކަންތައްތައް ތަކުރާރުނުވާނެ ގޮތަށް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އިލްތިމާސްކޮށްފަ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގައި ވެސް ބެނާއާ ފޮތި ނުދެމުން މާލެ ސިޓީ ކައުންސިލުން ވެސް މިއަދު އިއުލާނެއް ނެރެފައިވެ އެވެ. ކައުންސިލުން ބުނެފައި ވަނީ އޭގެ ސަބަބުން ރުއްތަކަށް ގެއްލުންވަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.