އެޑްވަޓޯރިއަލް

ސެޕްޓެމްބަރު އިންޓޭކާއި ދިމާކޮށް އެމްއައި ކޮލެޖުން އެޑިއުކޭޝަނަލް ފެއާއެއް

އެމްއައި ކޮލެޖުން މައުލޫމާތު ދިން ގޮތުގައި، މި ފޭއާއަކީ އޯލެވެލް ނަތީޖާއަށް ފަހު ދަރިވަރުންނަށް ކެރިއާ ޕްލޭނެއް އެކުލަވާލުމުގައި އެހީތެރިވެދެވޭނެ ގޮތްތައް ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އެމްއައި ކޮލެޖްގެ އެޑިއުކޭޝަނަލް ފެއާގެ ޕޯސްޓަރެއް --

އެމްއައި ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކާއި ދިމާކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެޑިއުކޭޝަންލް ފެއާއެއް ފަށައިފި އެވެ.

ސެޕްޓެމްބަރު އިންޓޭކަށް އެމްއައި ކޮލެޖްގެ އެކި ފެކަލްޓީތަކުގައި ހިންގާ ކޯސްތަކަށް ވަނީ ހުޅުވާލައިފަ އެވެ. އެޑިއުކޭޝަން ފެއާ އަކީ ކޯސްތަކާ ގުޅޭ އެކިއެކި މައުލޫމާތުތައް ފޯރުކޮށްދީ، ބައިވެރިންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފެއާއެކެވެ. ކެރިއާ ބިލްޑް ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް މި ފެއާއިން ފޯރުކޮށްދޭނެ އެވެ.

މި އެޑުކޭޝަނަލް ފެއާ، އެމްއައި ކޮލެޖްގެ އަށް ކެމްޕަސްއަކު ކުރިއަށް ގެންދާނެ އެވެ. އެއީ؛

  •  އައްޑޫ ސިޓީ ކެމްޕަސް
  •  ގއ. ވިލިނގިލި ކެމްޕަސް
  •  ހއ. އިހަވަންދޫ ކެމްޕަސް
  •  ކ. ކާށިދޫ ކޭމްޕަސް
  •  ދ. ކުޑަހުވަދޫ ކެމްޕަސް
  •  ލ. ގަން ކެމްޕަސް
  •  ނ. ހޮޅުދޫ ކެމްޕަސް
  •  ތ. ތިމަރަފުށި

އެމްއައި ކޮލެޖުން މައުލޫމާތު ދިން ގޮތުގައި، މި ފޭއާއަކީ އޯލެވެލް ނަތީޖާއަށް ފަހު ދަރިވަރުންނަށް ކެރިއާ ޕްލޭނެއް އެކުލަވާލުމުގައި އެހީތެރިވެދެވޭނެ ގޮތްތައް ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. 

މިފަހަރު ހުޅުވާލާފައިފައިވާ ބައެއް ކޯސްތަކުގެ ތެރޭގައި، އެޑިއުކޭޝަން ފެކަލްޓީން ޕްރީ ސްކޫލް އަދި ޕްރައިމަރީ ޓީޗިންގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަން ލެވެލް ތިނަކުން ފެށިގެން ލެވެލް 9 އާދެމެދުގެ ކޯސްތަކަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ދިވެއްސާއި، އިސްލާމް ޓީޗިންގެ މާސްޓާސްއަށް ވެސް ފުރުސަތުތައް މިފަހަރު ހުޅުވާލާފައިވެ އެވެ.

އައިޓީ ފެކަލްޓީން ގްރެފިކްސް އަދި މަލްޓިމީޑިއާގެ އިތުރުން ސޮފްޓްވެއާ އިންޖިނޭރިން ގެ ދާއިރާއިން ޑިގްރީއާއި މާސްޓާސް އަށް ހުޅުވާލައިފައިވެ އެވެ. އައިޓީ، ރޮބޮޓިކްސް އަދި ގާޑެނިންގެ ލެވެލް ތިނެއްގެ ކޯސްތަކަށް ވެސް ފުރުސަތު އެބަ އޮތެވެ.

އެމްއައި ކޮލެޖްގެ އެޑިއުކޭޝަނަލް ފެއާ މިއަދު އެންމެ ފުރަތަމަ ފަށާފައި ވަނީ ލ. ގަމުގައި ހުންނަ ކެމްޕަސްގަ އެވެ. މިމަހުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު ކެމްޕަސްތަކުގައި ފެއާ ކުރިއަށް ގެންދާނެ އެވެ.

އެމްއައި ކޮލެޖްގެ 17 ކެމްޕަސް މުޅި ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އެމްއައި ކޮލެޖަކީ މިހާރު ރާއްޖޭގައި ހިންގާ ކޮލެޖްތަކުގެ ތެރެއިން އެންމެ ފެންވަރު ރަގަޅު ތައުލީމުދޭ އަދި ބޮޑު ތަރުހީބެއް ލިބެމުންދާ ކޮލެޖެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.