ސިޔާސީ ބޭނުމަށް ފުލުހުންނާ ސިފައިންނަށް ބަހުގެ ހަމަލާތައް ދޭތީ މާރިޔާގެ ނުރުހުން

"އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ކަމްއޯން، ސިފައިން މީގެ ތެރެއިން ބޭރުކުރައްވާށޭ. ސިފައިންނާ ފުލުހުންނާ ސިޔާސީ ޕޯޑިއަމްތަކުގަ އެބޭފުޅުން އެ ގެންގުޅުއްވާ ހަރަކާތަކަށް ނަހައްދަވާށޭ،" މާރިޔާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ: ސިޔާސީ ބޭނުމަށް ފުލުހުންނާ ސިފައިންނާ ދިމާލަށް އެއްޗެހި ކިޔާތީ މާރިޔާ ވަނީ ނުރުހުން ފާޅުކުރައްވާފައި --

ސިޔާސީ ޕޯޑިއަމްތަކުގައި އިދިކޮޅު ފަރާތްތަކުން ފުލުހުންނާ ސިފައިންނާ ދިމާލަށް ކުޑައިމިސްކޮށް ބަސްތައް ބޭނުންކުރާތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނުރުހުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ސްޕޯކްސްޕާސަނެއްގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ސިޔާސީ ޕޯޑިއަމްތަކުގައި ފުލުހުންނާ ސިފައިންނަށް އަމާޒުކޮށް އެއީ "ތާޑް ގްރޭޑް" ބައެއް ކަމަށް ބުނެ ފާޑުކިޔާތީ އެކަން ކުށްވެރިކުރައްވާފަ އެވެ. އެގޮތަށް ވާހަކަފުޅު ދެއްކެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

މާރިޔާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި އެލާޓަށް އައިސް ރައްޔިތުންގެ ހައްގުގައި ސިފައިންނާ ފުލުހުން ކޮށްދެމުން އަންނަ މަސައްކަތްތަކަކީ އަގު ވަޒަން ނުކުރެވޭނެ ކަންކަން ކަމަށެވެ. މާރިޔާ އެންމެ ބޮޑަށް ފާހަގަކުރެއްވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފުލުހުންނާއި ސިފައިން ކޮށްދިން ބުރަ މަސައްކަތެވެ.

އަދި ފަހުގެ ތާރީހުގައި ހިނގާދިޔަ ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި ފުރާނަ އަތްމައްޗަށް ލައިގެން ކޮށްދިން މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ކަމްއޯން، ސިފައިން މީގެ ތެރެއިން ބޭރުކުރައްވާށޭ. ސިފައިންނާ ފުލުހުންނާ ސިޔާސީ ޕޯޑިއަމްތަކުގަ އެބޭފުޅުން އެ ގެންގުޅުއްވާ ހަރަކާތަކަށް ނަހައްދަވާށޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ފުލުހުންނާ ސިފައިންނަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެވާހަކަތައް އަޑު އިވި، އެ އެބޭފުޅުންގެ ފަރާތުން ނުރުހުން ފާޅުކޮށް ޝަކުވާތައް ހުށަހަޅަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ތަންތާ ގާއިމްކޮށްފައިވާ ބޭސްތަކަކީ އިންޑިއާގެ ބޭސްތަކެއް ކަމަށް ބުނެ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އައްޑޫގައި ގާއިމްކޮށްފައިވާ ފުލުސް އެކެޑެމީއާ އުތުރުތިލަފަޅުގައި ގާއިމްކުރާ ސިފައިންގެ ބޭސްގެ ވާހަކަ އޭނާ ފާހަގަކުރެއްވި އެވެ.

"އުތުރުތިލަފަޅުގަ ހަދާ ބޭސްއަށް ވެސް ސިފައިންނަކަށް ނުދެވެޔޭ ކިޔައިގެން ކަނޑައެޅިގެން ދޮގު ހަދަނީ. އަޅުގަނޑުމެން އެންމެން ހިމާޔަތްކުރަން ތިބި ސިފައިންނާ ފުލުހުންނާ ދިމާލަށް މިގޮތަށް އެބަސްތައް ރައްދު ނުކުރުމަކީ ހަމަގައިމުވެސް އަޅުގަނޑު އިލްތިމާސްކުރާކަމެއް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފުލުހުންނާ ސިފައިންގެ ގާބިލްކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. ދައުލަތުގެ ބަޖެޓުން އެ ދެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރަން ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި، އެމީހުންނަށް ރާއްޖެއިން ބޭރުން ރަގަޅު ފެންވަރަށް ކިޔެވޭނެ ގޮތްތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންނާ ސިފައިން ބޭނުންކުރިހެން މި ސަރުކާރުން ބޭނުން ނުކުރާކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިދިޔަ ފަސް އަހަރުގަ ވަރަށް ރީތި ރެކޯޑެއް އޮންނާނެ. އަޅުގަނޑުމެންނެއް ބޭނުމެއް ނުކުރަން ސިފައިންނާ ފުލުހުންނެއް ގޮސް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާ، ދެން ހުރި ފަނޑިޔާރާ، ފުރާޅުން ޓިނު ނަގައިގެން އެމީހުން ބޭނުންކުރާކަށް. އަޅުގަނޑުމެން ބޭނުމެއް ނުކުރަން ސިފައިންނާ ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ވާޖިބަށް ހުރަސް އަޅައި، މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ފާރުތައް މަތިން އުކާކަށެއް،" މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅުން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ސަރުކާރުން އަންގައިގެން ފުލުހުން ނުކުމެ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވައި އެމީހުންނާ އަނިޔާ ކުރާ ވާހަކަ އެވެ. ރައީސް ކެމްޕޭނަށް އަރާވަޑައިގަންނަވާ ރަށްރަށަށް ފުލުހުންނާ ސިފައިން އަރާ އިދިކޮޅުގެ ހަރަކާތްތަކާއި އަޑު ކަނޑުވާލާ ވާހަކަ އެވެ. ސަރުކާރުން ދަނީ އެވާހަކަތައް ދޮގުކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.